އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަތީމު ކުއްޖަކު ޑޮކްޓަރުކަން ކިޔަވަން މަގުފަހިކޮށްދެއްވަވާތޯ މެދު ނުކެނޑި ދުޢާ ކުރާތާ 367 ވަނަ ދުވަހު ރަޙްމަތްފުޅު އޮހިގަތް ގޮތުގެ ވާހަކަ.

ޔަތީމު ކުއްޖަކު ޑޮކްޓަރުކަން ކިޔަވަން މަގުފަހިކޮށްދެއްވަވާތޯ މެދު ނުކެނޑި ދުޢާ ކުރާތާ 367 ވަނަ ދުވަހު ރަޙްމަތްފުޅު އޮހިގަތް ގޮތުގެ ވާހަކަ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

މިއަހަރަކުގެ މާރިޗް މަހުގެ 17 ވަނަ ދުވަހު ދުބާއީގެ އެންމެ މަޝްހޫރު ސްޕަރމާކެޓްތައް ހިންގާ ކުންފުންޏެއްގެ 10 ވަނަ އަހަރީ ދުވަހެވެ. ކުންފުނީގެ ވެރިން ނިންމާފައިވަނީ 3 ކަމެއް ކުރުމަށެވެ. އެއީ ކުއްޖަކަށް މަތީ ތައުލީމުގެ ފުރުޞަތު ދިނުމަށާއި 30 މީހުން ޙައްޖަށް ފޮނުވުމަށާއި ފަޤީރު ޤައުމުތަކުގައި 5 މިސްކިތް އެޅުމަށެވެ.

ސްކޯލާޝިޕް ދޭނެ 3 ފަރާތް ހޮވުމާއިމެދު މަޝްވަރާ ކުރުމަށްފަހު ނިންމީ މާރިޗް މަހުގެ 15 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުންފުނީގެ އެންމެ ބޮޑު 3 ސްޕަމާކެޓަށް ވަންނަ ކަސްޓަމަރުންނާއި ސުވާލުކޮށް ފުރުޞަތަށް ޝައުޤުވެރިވާ ކުދިން ހޮވުމަށެވެ. ފުރަތަމަ ޝައުޤުވެރިވާ ކުއްޖަކަށް ފުރުޞަތު ދިނުމަށެވެ.

ކުންފުނީގެ ވެރިން ނިންމީ އެއީ ދުބާއީގައި އަލަށް އެގޮތަށް ކުރެވޭ ކަމަކަށްވާތީ އެކަން އެވަގުތާއި ހަމައަށް ސިއްރުކޮށްފައި ބޭއްވުމަށެވެ.

ކަސްޓަމަރުންގެ ސަމާލުކަން ހޯދުމަށާއި މީޑިއާގައި ފުޅައު ދާއިރާއެއްގައި ދެކެވޭ ވާހަކައަކަށް ހެދުމަށެވެ. ސްކޯލާޝިޕް ދިނުމަކީ ޢާންމު ކަމެކެވެ. ނަމަވެސް މިފަދަ ގޮތަކަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފުރުޞަތު ދިނުމަކީ އައުކަމަކަށްވާތީއެވެ.

ގަޑި ކައިރިވުމުން އެކަމަށް ތައްޔާރުވެގެން ތިއްބާ ގަޑިޖެހުނު ވަގުތު އެއް ސްޕަމާކެޓަށް ވަނީ އުމުރުން 24 އަހަރުގެ އަންހެން ކުއްޖެކެވެ. ކުއްޖާ އޮފީހަށް ގެންގޮސް އޭނާއަށް ލިބެން އޮތް ފުރުޞަތު ބުނެދިނުމުން ފުރަތަމަވެސް ކުރީ ޝުކުރުގެ ސަޖިދައެވެ. ސަޖިދައަށްފަހު ކިޔައިދިނެވެ.

"ހައި ސްކޫލް ނިމުނުތަނާ އަހަރެންގެ ބައްޕަ ވަނީ މަރުވެފައެވެ. މަންމައަކީ ބަލިހާލު ހުރިގޮތުން ނުކުޅެދޭ މީހެކެވެ. ކިޔެވޭނެ އެއްވެސް ގޮތެއް ނެތްތަނުގައި މަންމައަށް އެހީތެރިވެދޭނެ އެއްވެސް މީހަކުވެސް ނެތެވެ. ނަސީބަކުން ބައްޕަ ފްލެޓެއް ގަނެފައި ހުރުމުން ކުލި ދައްކާކަށް ނުޖެހެއެވެ.

މަންމަ އާއި އަހަރެންގެ ޚަރަދުތައް ބަލަހައްޓަނީ އަވަށްޓެރި ގެއަކަށް ނޯކިރީ ކޮށްދީގެންނެވެ. މިއައީ ވެސް އެގެއަށް ބޭނުންވާ ބައެއް ތަކެތި ގަންނާށެވެ.

އަހަރެންނަށް ދިރިއުޅެންޖެހިފައި މިވަނީ މިފަދަ ނިކަމެތި ޙާލުގައި ނަމަވެސް ކިޔަވައިގެން ޑޮކްޓަރަކަށްވުމަކީ އަހަރެން އަބަދުވެސް ކުރަމުން އައި އުންމީދެވެ. އެކަމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މެދުކެނޑުމެއް ނެތި ދުޢާ ކުރަމުން އަންނަތާ މިއީ 367 ވަނަ ދުވަހެވެ. ތިއަ ބުނަނީ ތެދެއް ކަމުގައިވާނަމަ ﷲ ތަޢާލާ އަހަރެންގެ ދުޢާ މިއަދު އިޖާބަ ކުރައްވަވައިފިއެވެ."

ކުންފުނީގެ ވެރިން ވަނީ އަންހެން ކުއްޖާއަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ދީފައެވެ. ޖުލައި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ކުއްޖާ އެގެންދަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. ކުންފުނިން ވަނީ ސްކޯލާޝިޕްގެ އިތުރުން މަންމަގެ ކަންކަން ބެލެހެއްޓުމާއިވެސް ހަވާލުވެފައެވެ.

ތެދުވެރިކަމުގައި ހުރެ އުންމީދާއިއެކު ﷲ ތަޢާލާއަށް ދުޢާކުރުންމަތީގައި ހުންނަ ނަމަ ﷲ ތަޢާލާ މިންވަރު ކުރައްވަވާފައިވާ ވަގުތު ޖެހުމުން ކޮންމެވެސް ގޮތަކުން އެކަމަކަށް މަގުފަހި ކުރައްވަވާނެތެވެ. ބޯޅަ އޮތީ ހަމަ އަހަރެމެންގެ އަތުގައެވެ.

- ދުބާއީގައި ނެރޭ ނޫހެއްގައިވާ ލިޔުމެއްގެ ޚުލާޞާ ތަރުޖަމާއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް