އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަރާންތަކެތި ކާންދީ ބޮޑުކުރި ދަރިއަކަށް ޖެހުނު އިންތިހާއަށް ބިރުވެރި ޙާލުގެ ވާހަކަ!

ޙަރާންތަކެތި ކާންދީ ބޮޑުކުރި ދަރިއަކަށް ޖެހުނު އިންތިހާއަށް ބިރުވެރި ޙާލުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 6 ސިކުންތު

އެންމެ ކުޑައިރުންސުރެ ވިރުދާން އަކީ ސްކޫލަށް ދާން ބޭނުންވާ ކުއްޖެއް ނޫނެވެ. އެންމެ ތުއްތުއިރުގައިވެސް ސްކޫލަށް ގެންދަން ޖެހެނީ ގަދަކަމުންނެވެ. ސްކޫލުގައި މަޑު ނުކުރަންވެސް ގަދަދައްކައެވެ.

ސަބަބާއިމެދު ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ. ބުނެދޭން ނުއެނގެނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެކަން އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޖަވާބު ނުލިބޭ ކަމެއްގެ ގޮތުގައެވެ.

ވިރުދާންގެ އުމުރުން 7 އަހަރުވެފައި ހުއްޓާ ބަނޑު ސިނގުވާން ފެށިއެވެ. ޑޮކްޓަރުންނަށް ދައްކައިގެން ކުރި ޓެސްޓްތަކުން އެއްވެސް ކަމެއް ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ދިއައީ ބަނޑު ސިނގުވަމުން ފުފެމުންނެވެ.

ދުވަސްކޮޅެއް ފަހުން ވާންފެށި ގޮތަކީ ދޭތެރެ ދޭތެރެއިން ބަނޑުގެ ކޮންމެ ދިމާއަކުން ފުފިލަނީއެވެ. ހީވަނީ ބޮޑު މުލިއްސެއް ނުކުންނަހެންނެވެ. ނަމަވެސް އިރުކޮޅަކުން ތިރިވެއެވެ. ސްކޭން ކުރުމަކުން ހަމަ އެއްވެސް އެއްޗެއް ނުފެނެއެވެ. އާދައާ ޚިލާފް ހަމަ އެއްވެސް ކަމެއް ނުފެނެއެވެ.
އެއިގެ ދުވަސްކޮޅެއްފަހުން ނިދާފައި އޮންނައިރު އަނގައިން އަޑެއް ނުކުންނަން ފެށިއެވެ. އާދައާ ޚިލާފް ބިރުވެރި އަޑެކެވެ. އެންމެ ވައްތަރުކަމަށް ބުނަނީ ހަރުފަ ލައްވާ އަޑާއެވެ.

އެތައް ބައިވަރު ޑޮކްޓަރުންނަށް ދެއްކުމުންވެސް ހަމަ އެއްވެސް ހައްލެއް ލިބޭނެ ގޮތެއް ނުވިއެވެ. ފަންޑިތަވެރިން ލައްވާ ކުރުވި އެއްވެސް ކަމަކުން ވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ.

ހަދާނެ ގޮތް ހުސްވެގެން ތިއްބާ ގެއަށް އައި ޔަމަނުގެ މީހަކަށް ކުއްޖާ ފެނުމުން އޭނާއަށް ސިހުމެއް ލިބުނެވެ. މައިން ބަފައިންގެ ގާތް ރަޙްމަތެރި މުސްކުޅިޔާ ޝާރްޖާއަށް އަތުވެއްޖެނަމަ އެގެއަށް ޒިޔާރަތްކުރެއެވެ. ކުރީގެ ހަނދާންތައް އައުކޮށް ވާހަކަތައް ދައްކައެވެ.

އެމުސްކުޅިޔާ އިރުކޮޅަކު ކުއްޖާއަށް ބަލަން އިނދެފައި ކުއްޖާ ކައިރިއަށް ގެނެސް ގަމީސް އުފުލައި ބަނޑާއި ތަންތަން ވަރަށް ރަނގަޅަށް ބަލައިލިއެވެ. އަދި ބައްޔާއިބެހޭ މައުލުމާތު އޮޅުންފިލުވުމަށްފަހު ބުންޏެވެ.

"ތެދަށް ބުނާށެވެ. ތިއަ ކުދިން ދިރިއުޅެނީ ހަލާލު ފައިސާއިން ހެއްޔެވެ؟ ޤަވާއިދުން ނަމާދުކުރަމު ހެއްޔެވެ؟ އަހަރެންނަށް މިހައިތަނަށް ލިބިފައިވާ މައުލޫމާތާއި ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު ތިއަދަރިންގެ ކިބައިގައި ވަރަށް ބޮޑު މައްސަލައެއް އެބައުޅެއެވެ. މި ކުޑަ ދަރިފުޅަށް ކޮށްފައިވަނީ އެކަމުގެ ނުބައި އަސަރެވެ."

ވިރްދާންގެ ބައްޕައަށް އޮތީ ދެ ގޮތަކެވެ. އެއްގޮތަކީ މުސްކުޅި ރަޙްމަތްތެރިޔާ ކުރި ތުހުމަތުތައް ދޮގުކުރުމެވެ. އަނެއް ގޮތަކީ ތެދުބަހުން ބުނެ ތައުބާވުމެވެ. އެވަގުތު އަނބިމީހާ (ވިރްދާންގެ މަންމަ) ކަރުނައަޅައި ރޯން ފެށިއެވެ. އަދި ފިރިމީހާ ގަތު އާދޭސްކުރަން ފެށިއެވެ. "ﷲ ތައާލާއަށްޓަކައި ތެދުބަހުން ކިޔައިދޭށެވެ. އަހަރެމެންގެ މި ލޯބިލޯބި ދަރިފުޅަށްޓަކައެވެ. މިއީ އަހަރެމެންގެ ހިތުގެ ވިންދެވެ. ހަޔާތުގެ އުންމީދެވެ. އަހަރެންނަށް ސިއްރުން ކަމެއް ކުރާނަމަ ވެސް ތެދުބަހުން ބުނާށެވެ! ހަމަ ގައިމުވެސް އަހަރެން މާފުކުރާނަމެވެ."

އެވަގުތު ވިރްދާން ވެސް ގިސްލަގިސްލާފައި ރޯން ފެށުމުން ވިރްދާންގެ ބައްޕައަށްވެސް ފުން އަސަރު ތަކެއް ކުރިއެވެ. އަދި ބުނެވުނެވެ. "ބޭބޭއެވެ. އަހަރެންގެ ވިޔަފާރިއަކީ ޙަލާލު ވިޔަފާރިއެއް ނޫނެވެ. އަހަރެންގެ މުއްސަނދި ކަމަކީ އަހަރެންނަށް ޙަލާލު މުއްސަނދިކަމެއް ނޫނެވެ. އަހަރެން ވެރިވެގަނެގެން މިއުޅެނީ ގާތް ރަޙްމަތްތެރިއެއްގެ ފައިސާ ތަކަކަށެވެ. އޭނާ މަރައެއް ނުލަމެވެ. ނަމަވެސް ހުންނާނީ ވަރަށް ސިއްރުތަނެއްގައި ބަންދުކޮށްފައެވެ. އެހެންކަމުން ފާއިތުވި 10 ވަރަކަށް އަހަރު ބޭނުން މިކުރެވެނީ އޭނާގެ މުއްސަނދިކަމެވެ."

މުސްކުޅިޔާ ވަރަށް ދެރަވެފައި ބުންޏެވެ. "ތިއަ ކުދިންނަށްޓަކައި މަސައްކަތެއް ކޮށްދޭނަމެވެ. ދުޢާއެއް ކޮށްދޭނަމެވެ. ނަމަވެސް ފުރަތަމަ ކަމަކަށް ހަމަ މިހާރު ގޮސް އޭނާ މިނިވަންކުރާށެވެ. ދެމީހުންގެ މައްސަލަ ޙައްލުކުރާށެވެ. އެކަން ކުރުމަށްފަހު އެނބުރި އަވަހަށް އަންނާށެވެ. އަހަރެން އިންތިޒާރުކުރާނަމެވެ."

އެއިގެ ދެގަޑިއެއްހާއިރު ފަހުން ގެއަށް އައީ ފުލުހުންނެވެ. ފުލުހުންނާއެކު ހައްޔަރުކޮށްގެން ގެންގުޅުނު މީހާވެސް އައެވެ. ވާހަކަ ދެއްކީ އެމީހާއެވެ. "މިއަދަކީ ވަރަށް އުފާވެރި ދުވަހެކެވެ. ނަމަވެސް ވަރަށް ހިތާމަވެރިވެސް ދުވަހެކެވެ. 11 ވަރަކަށް އަހަރަށްފަހު އަހަރެން މިވަނީ ސަލާމަތްވެފައެވެ. މިނިވަންވެފައެވެ. އެއީ ލިބުނު އުފަލެކެވެ. ހިތާމައަކީ އަހަރެން އެމީހަކީ އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށް ބަލައިގެން މިއަދާއި ހަމައަށްވެސް ހުރި މީހާ އަކީ ކިހައިވަރެއްގެ ކާކުކަން މިއަދު އެނގުމުން ލިބުނު އުފަލެވެ. މިހައި ދުވަސްވީއިރުވެސް އަހަރެން ހިފަހައްޓައިގެން އުޅެނީ އޭނާ ކަމަށް ޤަބޫލުކުރެވިފައެއް ނެތެވެ. ހިތާމައަކީ ފުލުހުންގެ ކުރިމަތީގައި ހުރިހާ ވާހަކަތަކެއް ކިޔައި ދިނުމަށްފަހު ފިހާރަތަކުގެ ތަޅުދަނޑިތަކާއި ޗެކްފޮތްތައްވެސް އަހަރެންނާއި ހަވާލުކުރުމަށްފަހު އަމިއްލައަށް މަރުވެއްޖެ ކަމެވެ.

އޭނާއަށް ކުރެވުނު އެއްވެސް ކަމަކަށް އެއްވެސް ހިތްބަރުކަމެއް ނެތެވެ. އަހަރެން އޭނާއަށް މާފުކޮށްފީމެވެ. ތިއަ ދެމައިންގެ ކަންކަން ވެސް ބަލަހައްޓާނަމެވެ. އެއީ ﷲ ތަޢާލާއަށްޓަކައި އަހަރެން ކުރާ އަޅުކަމެއްގެ ގޮތުގައެވެ."

ވިރްދާންގެ ބައްޕަ ދުނިޔެ ދޫކޮށް ދިއައީ އެވެ. މުސްކުޅިޔާ ބުނި ފަދައިން އޭނާ ވިރްދާންއަށް ހެޔޮ ދުޢާކޮށްދިނެވެ. ވިރްދާނަށް ޖެހިފައިވާ މުޞީބާތްތަކުން ވިރްދާން ސަލާމަތްވެސް ވިއެވެ. ދެމައިން ދިރިއުޅެނީ ވިރްދާންގެ ބައްޕަގެ ރަޙްމަތްތެރިޔާގެ ދީލަތި އެހީގައެވެ.

- ޚަލީޖްޓައިމްސްގައި ޝާއިއުކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަާއެއް!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް