އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމީހަކު ދައްކާ ވާހަކައަށް ޖަވާބުދާރީވާންޖެހޭނެ!

އެމީހަކު ދައްކާ ވާހަކައަށް ޖަވާބުދާރީވާންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

"ދުލަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ކިތަންމެ ގިނަ ބައަކު އެ ވާހަކައެއް ދެއްކި ނަމަވެސް ތިމާއަށް ޤިޔާމަތް ދުވަހު ޖަވާބު ދެވޭ ވަރުގެ ވާހަކައެއް ނޫނީ ނުދައްކާށެވެ." މިއީ ޕީސް ފައުންޑޭޝަނުން ޓްވީޓްކޮށްފައިވާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ބަސްފުޅެކެވެ.

މި ބަސްފުޅުގެ މަފްހޫމަށްބަލާއިރު އެމީހަކީ ކިތަންމެ މަތީ މީހަކު ނަމަވެސް އެއްވެސް އިސްތިސްނާވުމެއް ނެތި އެމީހަކު ދައްކާ ވާހަކައަކަށް އެމީހަކު ޒިންމާވާންޖެހޭނެއެވެ. ޖަވާބުދާރީވާން ޖެހޭނެއެވެ. ކިތަންމެ މަތީ މީހަކު ނަމަވެސް އިސްލާމް ދީނުގެ ޙުކުމްތަކާއި ޚިލާފަށް ވާހަކަ ދައްކައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ޙާކިމާ ނަމަވެސް ސަމާސައަކަށް ހަދައިގެން ނުވަތަ ޖެއްސުމަކަށް ނަމަވެސް އިސްލާމް ދީނުގައި ހަރާންކަން ޙަލާލުކޮށްގެން ވާހަކަ ދައްކައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ.

ކަން އޮތީ މިފަދައިން ނަމަވެސް ރާއްޖޭގައި މިހާރު ކަންކަން ވަމުންދަނީ އެންމެ ރަނގަޅަށް ކަމަށް ބުނެވޭކަށް ނެތެވެ. ވަކި ފެންވަރެއްގެ ބައަކު ގެންދަނީ އެމީހަކު ހިތަށް އެރިހައި ގޮތަކަށް ވާހަކަތައް ދައްކަމުންނެވެ. އެމީހެއްގެ ޕާޓީ ބޮޑުކުރަން ބޭނުންވީމާ އެޕާޓީއަށް ވަނުމަށް ﷲ ތަޢާލާ އަންގަވާފައިވާކަން ދޭހަވާ ގޮތަށްވެސް ގެންދަނީ ވާހަކަތައް ދައްކަމުންނެވެ. ﷲ ތަޢާލާ ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނީ އެމީހެއްގެ ޕާޓީއަށް ވަނުމުން ކަމަށްވެސް އެއްވެސް ބިރެއް ނެތި ދަނީ ބުނަމުންނެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް