އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އެންމެ މާތް ކުރެއްވެވި 4 ބޭކަނބަލުންގެ ތެރޭގަ ފިރުއައުނުގެ އަނބި އާސިޔާ ހިމެނިވަޑައިގަތުން - ދުނިޔެއަށް ނަމޫނާއެއް!

ﷲ އެންމެ މާތް ކުރެއްވެވި 4 ބޭކަނބަލުންގެ ތެރޭގަ ފިރުއައުނުގެ އަނބި އާސިޔާ ހިމެނިވަޑައިގަތުން - ދުނިޔެއަށް ނަމޫނާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތްކަން ލިބިވަޑައިގަންނަވާ 4 ބޭކަނބަލުން ކަމަށް ބުނެވެނީ މަރްޔަމްގެފާނާއި، އާސިޔާ އާއި ޚަދީޖަތުގެފާނާއި ފާޠިމަތުގެފާނެއެވެ.

މީގެ ތެރެއިން އާސިޔާ އަކީ ފިރުއައުނުގެ އަނބިންގެ ތެރެއިން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރައްވައި ސިއްރިޔާތުގައި ﷲ ތަޢާލާއަށް އަޅުކަންކުރެއްވުން މަތީގައި ދެމިހުންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ފުރިހަމަ ނަންްފުޅަކީ އާސިޔާ ބިންތި މުޒައިހިމް ކަމަށް ބުނެވެއެވެ. އެކަމަނާ އަވަހާރަކޮށްލެވުނީ އެކަމަނާގެ ހަޤީޤަތް ފިރުއައުނަށް އެނގުމުން ކުރި އަނިޔާގައެވެ.

ބުނެވޭ ގޮތުން އެކަމަނާއަކީ ވަރަށް މުއްސަނދި ޢާއިލާއަކަށް ނިޞްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. ފިރުއައުނާއި ކައިވެނިފުޅު ބައްލަވައިގަންނަވަން ޖެހިވަޑައިގަތީ ޢާއިލާއިން ކައިވެނިފުޅު އިންތިޒާމުކޮށްގެން ކުރުވީތީއެވެ.

ފިރުއައުނަކީ އެންމެ ނުބައި ނުލަފާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެންމެ ބޮޑު ޖާހިލުންގެތެރޭގައި ހިމެނޭ މީހެކެވެ. ތިމާއަކީ ކަލަކު ކަމަށް ދައުވާކުރި އެފަދަ ނުބައި ނުލަފާ މީހެއްގެ އަންބަކު ﷲ ތާޢާލާ އެންމެ މާތް ކުރެއްވެވި 4 ބޭކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަތުމުން މިއަދު ވިސްނައިލުން މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ.

ފިރުއައުނުގެ ޙަޔާތަށް ބަލައިފިނަމަ އޭނާގެ ވެރިކަމުގެ ޒަމާން ހޭދަކޮށްލީ އޭނާއަކީ ކަލަކު ކަމަށް ދައުވާކރުމުގައެވެ. އެކަން ޤަބޫލުނުކުރި މީހަކުނަމަ މަރަމުންނެވެ. ނޫންނަމަ ހުރަގެއަށްލައި ބޮޑެތި އަދުބަތައް ދެމުންނެވެ.

ފިރުއައުނު އަމަލުކުރަމުން ގެންދިއައީ ހިތަށް އެރިހައި ގޮތަށެވެ. ހޯދުނު ގޮތަކަށް ފައިސާ ހޯދައި އޭނާގެ ތަނަވަސްކަން ގެންދިއައީ އިތުރުކުރަމުންނެވެ. އެހުރިހާ ނުބައި ކަންކަން ކުރަމުން ގެންދިއައިރުވެސް އޭނާއަށް ތާއީދުކުރާ ބައަކު ހަމަ ފަހަތުގައި ތިބެ ސަނާކިޔަމުން ގެންދިއައެވެ.

އެއިގެ ތެރޭގައި ބޮޑުންނާއި އިލްމްވެރިންވެސް ހިމެނެއެވެ. ފިރުއައުނު އަމަލުކުރަމުން ގެންދަނީ ކަނޑައެޅިގެން އަނިޔާވެރިގޮތުގައިކަން އެނގޭއިރުވެސް ހަމަ އުފް ވެސް ބުނެނުލައި ތިބީ އެމީހުންނަށް ފިރުއައުނު ދެމުން ގެންދިއަ ހަދިޔާތަކާއި ފިރުއައުނު އެމީހުންނަށް ދީފައިވާ މަޤާމްތަކުގެ ދަހިވެތިކަމުގައެވެ.

އެފަދަ ޒަމާނެއްގައި އާސިޔާ ﷲ ތަޢާލާއަށް ކިޔަމަންތެރިވެވަޑައިގެން ﷲ ތަޢާލާއަށް އަޅުކަން ކުރެއްވެވުންމަތީގައި ސާބިތުކަމާއިއެކު ދެމިހުންނެވިކަން އެއީ ހަމަ ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. އަންހެނުންގެ މަތިވެރިކަމާއި ހިތްވަރު ގަދަ ކަމުގެ ވާހަކަތައް ދައްކާ ތަންތަނުގައި ދައްކަން ޖެހޭ ވާހަކަތަކެވެ.

ފިރުއައުނަށް އާސިޔާގެ ހަޤީޤަތް އެނގުމުން ބިރުދައްކައި ބޮޑެތިވެގެންވާ އަނިޔާތައްކޮށް ޝަހީދުކޮށްލިއިރު އިސްލާމް ދީން ދޫނުކުރައްވައި ސާބިތުކަންމަތީގައި ހުންނެވި ހުންނެވުން އެއީ މިއަދުގެ އަންހެނުން ޢިބްރަތް ޙާޞިލުކުރަންޖެހޭނެ ކަމެކެވެ.

މިޒަމާނަށް ބަލައިފިނަމަ ޚުދުމުޚުތާރު އެއްވެސް ވެރިއަކު އޭނާއަކީ ކަލަކު ކަމަކަށް ނުބުނާނެއެވެ. އެއީ އެކަން އެކަކުވެސް ޤަބޫލުނުކުރާނެތީއެވެ. އެހެނެއް ކަމަކޫ އެމީހުންގެ އަމަލުތަކުން އެމީހުންނަކީ ހުރިހާ ބާރުތަކެއް ލިބިގެންވާ ބައަކު ކަމަށް ގެންދަނީ ދުނިޔެއަށް ދައްކަމުންނެވެ.

އެމީހަކަށް ތާއީދު ނުކުރާ މީހުންނާއި ﷲ ތަޢާލާއަށްޓަކައި ޙައްޤު ބަސް ބުނެ ހައްޤުގެ މަގަށް އިލްތިމާސްކުރާ މީހުން ހިފައި ހައްޔަރުކޮށް ފިރުއައުނުގެ ޒަމާނުގައި ޖެއްސި ޙާލަތު ޖައްސުވަމުން ގެންދާ ވެރިން މިއަދުވެސް އެބަތިއްބެވެ. އެފަދަ މީހުންގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޤައުމުތައް އެދަނީ ނެތިވެ ފަނާވަމުންނެވެ. ސީރިޔާއަކީވެސް އެފަދަ މިސާލެކެވެ.

އެފަދަ ވެރިންނަކީ އަނިޔާވެރި ޖައްބާރުންކަން ކަނޑައެޅިގެން އެނގޭއިރުވެސް ތާއީދުކޮށް ސަނާ ކިޔާ ބޮޑުންނާއި ޢިލްމުވެރިން އެބަތިއްބެވެ. އެމީހުން އެތިބީ ފިރުއައުނު ޒަމާނުގައި ތިބި އެފަދަ މީހުންގެ ގޮތުގައި ނޫންބާވައެވެ! ސުބްހާނަﷲ! މިއީ ހާދަހައިވާ ބިރުވެރިކަން ބޮޑު ޙާލަތެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް