އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްޖުވުމުގެ ކުޅަދާނަކަން ލިބި ޙައްޖު ނުވެ ހުރެ ކުރާ އެހެން ހެޔޮކަން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ރިޢާޔަތް އެބަހުރި: ޝައިޚް ޢަބްދުއްސަލާމް

ހައްޖުވުމުގެ ކުޅަދާނަކަން ލިބި ޙައްޖު ނުވެ ހުރެ ކުރާ އެހެން ހެޔޮކަން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ރިޢާޔަތް އެބަހުރި: ޝައިޚް ޢަބްދުއްސަލާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ހައްޖުވުމުގެ ކުޅަދާނަކަން ލިބި ޙައްޖު ނުވެ ހުރެ ކުރާ އެހެން ހެޔޮކަން ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ހުރި ރިޢާޔަތް އެބަހުއްޓެވެ. އެހެންކަމުން ހައްޖުވުމުގެ ކުޅަދާނަކަން ﷲ ތަޢާލާ މީހަކަށް ދެއްވަވައިފިނަމަ އޮތީ ވީހައި އަވަހަކަށް އެކަން ކުރުމެވެ. އެކަން ފަސްކުރުމެއް ނެތެވެ.

މާނައަކީ ވަގުތު ޖެހުމުން ނަމާދު ނުކުރާ މީހާ އާއި ޒަކާތް ވާޖިބުވެ ޒަކާތް ނުދައްކާ މީހާ އާއި ރަމަޟާން މަސް އައުމުން (ޤަޞްދުގައި) ރޯދަ ނުހިފާ މީހާފަދައިން އެމީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑު ކުށްވެރިއެއް ކަމެވެ.

މިސާލަކަށް ހައްޖުވުމުގެ ތަނަވަސްކަމާއި ކުޅަދާނަކަން ލިބި ޙައްޖުނުވެ ހުއްޓާ އެމީހާގެ ޙާލަތު ބަދަލުވެ ހައްޖު ނުވެވޭ ހާލަތަކަށް ވެއްޓިއްޖެނަމަ އެމީހާ ފާފަވެރިވާނެއެވެ. އެއީ އޭނާއަށް ﷲ ތަޢާލާ ފަހިކޮށްދެއްވެވި ފުރުޞަތުގެ ބޭނުން އޭނާ ނުހިފީތީއެވެ.

ކަން އޮތީ މިފަދައިން ނަމަވެސް ފެންނަނީ ހައްޖުގެ އަޅުކަން އަދާކުރުމަކީ އެންމެފަހުން އެމީހާ ކުރަން ބާއްވާ އަޅުކަމަށް ހަދަމުން ގެންދާތަނެވެ. ބޮޑެތި ފައިސާވެރިންވެސް އެގޮތަށް ކަންތައް ކުރެއެވެ. ހަށިގަނޑުގައި ވަރުހުރެ ދުނިޔަވީ ކަންކަމަށް މިލިއަނުން ފައިސާ ޚަރަދުކުރާއިރުވެސް ހައްޖުވުން ފަސްކުރެއެވެ.

ކުޅަދާނަކަން ލިބޭ މީހާއަށް ހައްޖު ވާޖިބު ކުރައްވަވާފައިވަނީ ކުޅަދާނަކަން ލިބުމުން ވަގުތުން ފަރުޟު އަދާކުރަންޖެހޭ ގޮތަށެވެ. އެމީހާ ކުރަން ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަކުރުމަށްފަހު ޙައްޖުވާ ގޮތަކަށް ނޫނެވެ.

ހައްޖުގެ އަޅުކަން އަދާކުރެވިއްޖެނަމަ އެމީހާއަށް ހައްޖަށް ދެވުނީ މާފަހުން ކަމަށް ބަލައި ކޮންމެ މީހަކުވެސް ހިތާމަކުރާނެއެވެ. ހަމަ އެއާއިއެކު ވިސްނައިލާށެވެ. ހައްޖު މަސް ލައިގަތުމުން އެއީ މާމުހިންމު ކަމަކަށް ގިނަބައަކަށް ނުވެއެވެ. ހީކުރެވެނީ ހަމަ އާދައިގެ މަހެއް ކަމަށެވެ. ހެޔޮ އަމަލުކުރުން އިތުރު ކުރާ ތަނެއް ނުފެނެއެވެ.

މިއީ އެކަން އޮތް ގޮތެއް ނޫނެވެ. ހައްޖު މަސް ލައިގަތުމުން އެ މާތް ދުވަސް ތަކުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުން އިތުރުކުރަންވާނެއެވެ.

1000 މައްސަރަށްވުރެ ބަރަކާތްތެރި ރެއެއް ހިމެނޭ ބޮޑު މޫސުމެއް ފާއިތުވެގެން ދިއައީ ދާދި އިހަށް ދުވަހުއެވެ. ލަސްތަކެއް ނުވެ އެހައިމެ ބަރަކާތްތެރި ދުވަސްތަކެއް މިވަނީ ކުރިމަތިލައިފައެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މިފަދަ ހެޔޮކަން ބޮޑު މޫސުންތައް ކުރިމަތި ކުރައްވަވަނީ މީސްތަކުން އެކަމުގެ ފައިދާ ލިބިގަތުމަށްޓަކައެވެ. ސަވާބާއި ދަރުމަ އިތުރުވެގެން ވެއެވެ.

މިއީ ހެޔޮ އަމަލުތަކަށް ހުސްވާންޖެހޭ ދުވަސްތަކެކެވެ. ޗުއްޓީ ނަގައިގެން ނަމަވެސްމެއެވެ. އެހެނީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ހެޔޮކަންތައްތައް ކުރަން އެންމެ މަތިވެރިކަން ބޮޑު ދުވަސްތައް ކަމުގައި ﷲ ތާޢާލާ ބަޔާން ކުރައްވަވާފައިވާތީއެވެ.

ދަރުސްގެ ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް