އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާ ހުރީ ހައްޤުގެ މަގުގަކަން ކަށަވަރުކުރަން އަމިއްލަ ނަފުސާ ކުރަން ޖެހޭ ދެ ސުވާލު

ތިމާ ހުރީ ހައްޤުގެ މަގުގަކަން ކަށަވަރުކުރަން އަމިއްލަ ނަފުސާ ކުރަން ޖެހޭ ދެ ސުވާލު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އާޚިރަތް ދުވަހު ސަލާމަތް ކަމަށް އެދޭ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ ތިމާ ހުރީ ހައްޤުގެ މަގުގައިކަން ކަށަވަރު ކުރުމެވެ. އެކަން ކަށަވަރުކުރަން އަމިއްލަ ނަފުސާ ކުރަން ޖެހޭ ދެ ސުވާލެއް އެބައޮތެވެ.

ފުރަތަމަ ސުވާލަކީ ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވާ ފަރުޟުތައް ފުރިހަމައަށް އަދާކުރެވޭތޯއެވެ؟ ދެވަނަ ސުވާލަކީ މިހުރެވެނީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ، ކޯފާވެވޮޑިގަންނަވާ ކަންކަމާއި ފުރިހަމައަށް ދުރުހެލިވެގެންތޯއެވެ؟

މިދެ ސުވާލުގެ ޖަވާބަކީ އާނއެކެވެ ކަމަށްވެއްޖެނަމަ ތިބާއަށް އެ ހުރެވެނީ ޙައްޤުގެ މަގުގައެވެ. ހައްޤުގެ މަގުން މީސްތަކުން ބޭރުކުރުމަށްޓަކައި އިބިލީސް ކުރާނީ މައިގަނޑު ދެކަމެކެވެ. އެއް ކަމަކީ ފަރުޟު އަދާކުރުމަށް ހުރަސް އެޅުމެވެ. ދެވަނަ ކަމަކީ ފާފަތައް ކުރުމަށް ހިއްވަރުދީ ފާފަތައް ކުރުވުމެވެ.

ހެޔޮ އަމަލުތައް ކުރުމުގެ ބޭނުމުގައި ބައެއް މީހުން ޛިކުރު ކުރެއެވެ. ތަސްބީޙަތައް ކިޔައެވެ. ހެޔޮ ދުޢާތައް ކުރެއެވެ. ސުންނަތް އަޅުކަންތައްތައްވެސް ކުރެއެވެ.

އެކަންކަން ކުރުމާއިއެކު އެފަދަ ބައެއް މީހުންނަކީ ﷲ ތަޢާލާ ހަރާމް ކުރެއްވެވި ކަންތައްތައް ކުރާ މީހުންނެވެ. ވައްކަން ކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި ޖުވާ ކުޅުމާއި ރިބާގެ މުއާމަލާތްތައްކޮށް ރިބާ ކެއުމާއި އެނޫންވެސް ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރާ މީހުންނެވެ.

އަބަދުވެސް ބަޔާންކުރަމުން އަންނަ ފަދައިން ﷲ ތަޢާލާ ފަރުޟު ކުރައްވަވާފައިވަނީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ކަންކަމެވެ. ވީމާ ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ފަރުޟް އަދާކުރުމަށެވެ. ފަރުޟުތައް ފުރިހަމައަށް އަދާ ނުކޮށް، ފާފަތައް ކުރުންމަތީގައި ދެމިހުރެ ދެން ކުރާ އެހެން ކަންކަމުން ފައިދާއެއް ކުރާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް