އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުމަހަށް މަރުޙަބާ ކިޔަން ބޭނުން މީހާ ފުރަތަމަ ކަމަކަށް ޖަމާއަތުގައި ފަތިސް ނަމާދުކުރަން ފަށާށެވެ!: މުފްތީ މެންކް

ޙައްޖުމަހަށް މަރުޙަބާ ކިޔަން ބޭނުން މީހާ ފުރަތަމަ ކަމަކަށް ޖަމާއަތުގައި ފަތިސް ނަމާދުކުރަން ފަށާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

މިއީ އަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަން އެންމެ މުހިންމު ދުވަސްތަކެވެ. އަހަރުގެ ތެރެއިން އެންމެ ދަރަޖަ އުފުލިގެންވާ، ރަޙްމަތުން ފުރިގެންވާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް މިވަނީ ފެށިފައެވެ.

އަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް އެދޭ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭނެ ކަމަކީ ވީހައި ބޮޑަށް، ކުރެވުނުހައި ގިނައިން ފަރުޟު ކަންކަން ކުރުމެވެ. އަމަލުތައް އިސްލާޙުކުރުމަށްޓަކައި ހަމަ އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންވީ ކަމަކީ ދުވަހުގެ ފެށުން ކަމަށްވާ ފަތިސް ނަމާދު ކުރަން ފެށުމެވެ. ފަތިސް ނަމާދު ޖަމާއަތުގައި ކުރެވޭހައިއިރު ހުއްޓައި ނިދީން ހޭލައި ޖަމާއަތުގައި ބައިވެރިވުމެވެ.

ކިތަންމެ ބައިވަރު ގަޑިއާއި ފޯނު ސޯނާކޮށްގެން ނަމަވެސް އަވަހަށް ފަތިސް ނަމާދަށް ހޭލަން ފަށާށެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖަމާއަތަށް ދެވޭތޯ ބަލާށެވެ. ނަމާދު ނިމުމުން ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މިސްކިތުގައި މަޑުކޮށްލަން ފަށާށެވެ. ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ފެށުމުން އެމީހަކަށް ﷲ ތަޢާލާ ހިއްވަރު ދެއްވަވާނެއެވެ. މަގު ދައްކަވާނެއެވެ. އިތުރު ވަގުތު އަޅުކަމުގައި މަޑުކުރަން ހިއްވަރު ދެއްވަވާނެއެވެ.

ވިސްނާށެވެ. އަހަރެމެން ﷲ ތަޢާލާ އާއި މޭލަކަށް ކައިރިވާން މަސައްކަތްކޮށްފިނަމަ ބަމައަކަށް ﷲ ތަޢާލާ އަހަރެމެންނާއި ކުއްތަންވެވޮޑިގަންނަވާނެއެވެ. އަހަރެމެން ބަމައަކަށް ބައިރިވެއްޖެނަމަ ކައިވަތަކަށް ކުއްތަންވެވޮޑިގަންނަވާނެއެވެ. މިއީ އެއްވެސް ޝައްކެއް ކުރަންޖެހޭ ކަމެއް ނޫނެވެ.

މީސްތަކުންނޭވެ! ފާފަ ކުރެވުމަކީ އިންސާނީ ޠަބީޢަތުގައިވާ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ ޠަބީޢީީ ކަމެއް ކަމަށް ބަލައި ފާފަކުރުންމަތީގައި ދެމިހުރުމެއް ނޫނެވެ. މަސައްކަތްކުރަންވާނީ ހަމަ އެންމެ ފާފައެއްވެސް ނުކުރުމަށެވެ. އެހެން ކަމާއިއެކުވެސް ފާފައެއް ކުރެވިއްޖެ ނަމަ އޮތީ ހަމަ ވަގުތުން ތައުބާވުމެވެ.

އާދަމްގެފާނުގެ ސިޔަރަތުން މިކަންކަން ފެނިގެންދާނެއެވެ. އާދަމްގެފާނަށް ކުށެއް ކުރެއްވެވުމުން ތައުބާވެވަޑައިގެން ކުރެއްވެވި ދުޢާ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައި އެވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ފާފައެއް ކުރެވިއްޖެނަމަ ވީހައި އަވަހަކަށް ތައުބާވެ ފާފަ ފުއްސެވުން އެދި ދުޢާ ކުރަންޖެހޭނެކަމާއި ތައުބާވުމުން ފާފަ ފުއްސަވާނެކަން ބަޔާންކޮށް ދެއްވެވުމަށެވެ. އާދަމްގެ ފާނަށް ﷲ ތަޢާލާ ދެއްވެވި ގިނަގުނަވެގެންވާ ނިޢްމަތްތަކާއިއެކުވެސް ކުރެއްވެވި ބޮޑު ފާފަ ﷲ ތަޢާލާ ފުއްސެވި ގޮތް ޢިބްރަތަކަށް ފުދި އިތުރުވާނެއެވެ!

މީސްތަކުންނޭވެ! ޙައްޖު މަހުގެ މިދުވަސްތަކުގެ ބޭނުން ފުރިހަމައަށް ހިފާ ބައަކަށްވާށެވެ! ފުރިހަމަ ގޮތައި ތައުބާވާށެވެ!

އިޚްލާޞްތެރިކަމާއިއެކުގައެވެ! ހަމައެއާއިއެކު ވީހައި ގިނައިން އަޅުކަންކުރަން އަވަހަށް ފަށާށެވެ! ވީވަރަކުން ރޯދަ ހިފަން ފަށާށެވެ! ޚާއްޞަކޮށް ޢަރަފާތު ދުވަހު ރޯދަ ހިފާށެވެ! ރޯދަ ޤަބޫލުފުޅު ކުރައްވައި ފާއިތުވި އަހަރު ކުރެވުނު ފާފަތަކާއި ކުރިއަށް އަހަރު ކުރެވޭނެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެއްވެސް ފާފައެއް ނުކުރުމުގެ މަތިވެރި އަޒުމާއިއެކުގައެވެ. އިޚްލާޞްތެރިން އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާ އަނބުރައި ރައްދު ނުކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ!

"އެދެކަނބަލުން ދެންނެވިއެވެ! އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފްސްތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިނބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވަވައިފިނަމަ، އަޅަމެން ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އަލްއަޢްރާފް ސޫރަތް- 23) މިފަދަ ދުޢާތައް ކުރުން ގިނަ ކުރާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް