އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާރޭވެހޭ ހިނދު، އެއީ ރަޙުމަތުގެ ވާރޭ ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރަންވާނެ: މުފްތީ މެންކު

ވާރޭވެހޭ ހިނދު، އެއީ ރަޙުމަތުގެ ވާރޭ ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރަންވާނެ: މުފްތީ މެންކު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ވާރޭ ވެހޭ ހިނދު އެއީ ރަޙުމަތުގެ ވާރޭ ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރަންވާނެ ކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވެސް ނަސޭޙަތްތެރިވެފައި ވެއެވެ.

މުފްތީ މެންކުގެ ދަރުހެއްގައި އޭނާ ވިދާޅުވެފައިވަނީ:

"ވާރޭއަކީ މާތް ﷲ ސުބްޙާނަހޫވަޠައާލާ ގެ އަޅުތަކުންގެ މައްޗަށް ލައްވަވާ ހެޔޮ ރަޙުމަތެކެވެ. ނަމަވެސް ވަކި މިންގަނޑަކަށްވުރެ ގިނައިން ވެހިއްޖެނަމަ އެވާރޭއަކީ އެކަލާނގެ ފޮނުއްވަވާ ކޯފާއެއް ކަމުގައި ވެސް ވެގެންދެއެވެ.

ވާރޭ ވެހޭ ހިނދު އެވާރޭއަކީ އަޅަމެންނަށް ރަޙުމަތުން ފުރިގެންވާ އެއްޗެއްކަމުގައި ލެއްވުން އެދި ދުޢާ ކުރަންވީ މިސަބަބާއި ހެދިއެވެ.

މާތް ﷲ ގެ ހެޔޮ ރަޙުމަތަށް އެދި ދުޢާ ކުރުމަށް ވާރޭވެހޭ ވަގުތަށްވުރެ، ރަނގަޅު ވަގުތެއް ނުވެއެވެ. އެހެނީ، ވާރޭ ވެހޭ ވަގުތު ކުރާ ދުޢާ އެކަލާނގެ އިޖާބަ ކުރައްވަވާނެތީއެވެ.

އެހެންކަމުން، އަޅަމެންގެ ފާފަތައް ވެސް ފުއްސެވުމަށް އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވުމަށް، ވާރޭވެހޭ ވަގުތަކީ ވަރަށް ވެސް ހެޔޮކަން ބޮޑު ވަގުތެކެވެ."



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ