އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބަށްފަހު ދައުވަތުގެ މަސައްކަތް އެކުގަ ނުކުރެވޭވަރަށް "ހަނގުރާމަ ހޫނު ނުކުރަން" ޝައިޚް އަނީލް ދީނީ އިލްމުވެރިންނަށް ގޮވާ ލައްވައިފި

އިންތިޚާބަށްފަހު ދައުވަތުގެ މަސައްކަތް އެކުގަ ނުކުރެވޭވަރަށް "ހަނގުރާމަ ހޫނު ނުކުރަން" ޝައިޚް އަނީލް ދީނީ އިލްމުވެރިންނަށް ގޮވާ ލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ރިޔާސީ އިންތިޚާބަށްފަހު ދީނީ ޢިލްމުވެރިން ކުރައްވަން ޖެހިވަޑައިގަންނަވާ ދައުވަތުގެ މަސައްކަތް ޢިލްމުވެރިން ގުޅިވަޑައިގެން އެކުގައި ނުކުރެއްވޭވަރަށް "ހަނގުރާމަ ހޫނު ނުކުރަން" އައްޝައިޚް މުޙައްމަދު އަނީލް ދީނީ އިލްމުވެރިންނަށް ގޮވާ ލައްވައިފިއެވެ.

ޝައިޚް އަނީލް ވިދާޅުވީ ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގެން އިންތިޚާބަށް ކެންޕޭނު ކުރައްވަން ބޭނުންފުޅުވާ ޢިލްމުވެރިން އެކަން ކުރައްވަންވީ ކަމަށެވެ. ނަމަވެސް އެއް އިލްމުވެރިއަކު އަނެއް ޢިލްމުވެރިއަކަށް ހަމަލާ ދެއްވުމަކީ ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކޮންމެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ދީނީ ޢިލްމުވެރިންނަކީ އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަދައިގަންނަވާނެ ބައެއްކަން އަނީލް ވަނީ ފާހަގަކުރައްވައިފައެވެ.

ޝައިޚް އަނީލް މިމޭރުމުން ވިދާޅުވެފައިވާއިރު ސިޔާސީ ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވާ ބޭފުޅުން ހުކުރު ޚުޠުބާ ވިދާޅުވަން މިންބަރަށް އަރާވަޑައިގަތުމުން މިހާރުވެސް ބައެއް މީހުން މިސްކިތުން ފައިބައިގެންދާކަން ފާހަގަކުރެވެއެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ މިހާރު މިހާލަތުގައި އަޅުގަނޑުމެންގެ ތެރެއިން ދީނީ ޢިލްމަށް ނިޞްބަތްވާ ފަރާތްތަކުން ހަމައެކަނި "ޕްރެކްޓިކަލް" ގޮތަކީ ކޮންމެ ބައަކުވެސް އެބައަކު ތާއީދުކުރާ ފަރާތް ހޮވަން މަސައްކަތް ކުރަން ފެންނަންޏާ ކުރަންވީ، އެހެނަސް އަނެއްކޮޅުގަ ތިބި މީހުންނަށް، (ޚާއްޞަކޮށް ދީނީ އިލްމަށް ނިޞްބަތްވާ ފަރާތްތަކަށް) އެޓޭކް ނުކޮށް (ހަމަލާ ނުދީ) ތިބެންވީ. ކޮންމެ ބައަކު ވިންވިޔަސް (އިންތިޚާބު ކާމިޔާބުކުރި ނަމަވެސް) އެއަށްފަހު ކުރިއަށް ގެންދަންޖެހޭ ދަޢްވަތުގެ މަސައްކަތްތަކުގައި އެއްކޮށް ނުތިބެވޭވަރަށް ދުރު ނުވާންވީ."


Advertisement

ކޮމެންޓް ކުރެއްވުމަށް







fathuma 2018-08-14 20:59:13

shaheem eulhenee dheenee kamakaa noon sheikhinyas men fadha dheenee ilmverinnaadhimaala faadu faaduge bas haassa ko dheen egilavvaa kamah vidhaalhuvaabeyfulhaku bas kiaagen nuvaane


އަބްދުއްލަތީފް