އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފަރު އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި

މާފަރު އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ނ. މާފަރު އެއާޕޯޓަށް މިއަދު މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

އެރަށު އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުގައި ޓުރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ނ. އަތޮޅު ދާއިރާތަކަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ މާފަރަށް ދަތުރު ކުރައްވާފައެވެ.

މާފަރު އެއާޕޯޓުގައި މިމަހުގެ ތެރޭގައި ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ސަރުކާރުން ދަަނީ ތައްޔާރުވަމުންނެވެ.

މާފަރުގައި ގާއިމް ކުރާ އެއާޕޯޓާއި ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވަނީ، ސިންގަޕޫރުގެ ޓަފް އިންފްރާ ކުންފުނިން މާފަރު އެއާޕޯޓުގެ މަސައްކަތް ކުރަމުންދާއިރު، އެއާޕޯޓްގެ ޓާރމިނަލާއި އެހެން އިމާރާތްތައް ވެސް ޕްލޭނާއި އެއްގޮތަށް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެއާޕޯޓެއް ހިންގުމަކީ ބޮޑެތި ޚަރަދުތަކެއް ވެސް ހިނގާނެ ކަމަކަށްވާތީ ދާއިމީ ގޮތެއްގައި އެއާޕޯޓް ހިންގުމަށްޓަކައި މާފަރުގައި ޓްރާންސިޓް ޙޮޓަލަކާއި އަދި ރިސޯޓެއް ވެސް ހަދާނެ ކަމަށެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ