އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިނަމާލެ ބްރިޖްގެ ބަސް ޓާމިނަލްތަކުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކްއިން ކުރެވޭ އިންތިޒާމް ހަމަޖައްސަނީ

ސިނަމާލެ ބްރިޖްގެ ބަސް ޓާމިނަލްތަކުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކްއިން ކުރެވޭ އިންތިޒާމް ހަމަޖައްސަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ސިނަމާލެ ބްރިޖް ހުޅުވުމާއި އެކު އެމްއީއެލް އިން ހަދާ ބަސްޓާމިނަލްތަކުން މޯލްޑިވިއަންގެ ފްލައިޓްތަކަށް ޗެކްއިން ކުރެވޭ އިންތިޒާމް ހަމަޖައްސާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފިއެވެ.

ވައިގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ބްރިޖުގައި އެމްޕީއެލް އިން ބަހުގެ ޚިދުމަތްދޭން ފަށާއިރު މޯލްޑިވިއަންގެ ފްލައިޓްތަކަށް މާލެ އާއި ހުޅުމާލެއިން ޗެކްއިން ކޮށްދޭނެ ކަމެށެވެ.

"މާލެ އާއި ހުޅުމާލޭގައި ހުންނަ ބަސް ޓާމިނަލުން ޗެކްއިން ނިންމާލުމަށް ފަހު ބަހުގައި ނުވަތަ ކާރުގައި ވިޔަސް ބޯޑިން ކާޑު ހިފައިގެން އެއާޕޯޓަށް ދާންވީ. ޗެކްއިން ކޮށްދޭން ހާއްސަ ކައުންޓަރު ވެސް ހުންނާނެ،" ހާރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އިތުރުން އިންޓަނެޝަނަލް ފްލައިޓްތަކަށް ވެސް ޗެކްއިން ކޮށްދޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފުރާ ފްލައިޓްތަކަށް އަދި ޗެކްއިން ކުރެވެނީ އެ އެއާޕޯޓުން އެކަންޏެވެ.

ހުޅުލެއަށް ދަތުރުކުރަން ބޭނުން ކުރާ ކޯޗް ބަސްތަކުގައި 50 މީހުންގެ ޖާގަ ހުންނާނެ ކަމަށް އެމްޕީއެލް ގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަހުގެ ހިދުމަތް ފުރަތަމަ ފަށައިގަންނަ ދުވަހު ފްލައިޓް ޗެކްއިންގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ. އަދި އެކަމަށް ހާއްސަ ބަސްތަކުގެ ދަތުރުތައް ވެސް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ އޮފޮޝަލް ވިދާޅުވީ އެއާޕޯޓަށް މީހުން އުފުލަން ދެ ކޯޗު ބަސް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ފަސް ބަސް މި މަސް ނިމޭހިސާބުގައި ގެނަނާނެ ކަމަށް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް