އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑު ބުނީ ރައީސް ޔާމީން ވެރިކަމުގަ ހުންނެވި ހައި ދުވަހަކު އިސްލާމް ދީނަށް ޚިދުމަތް ކުރައްވާނޭ - މަފްހޫމް އޮޅުވާނުލާ!: ޑރ. ޝަހީމް

އަޅުގަނޑު ބުނީ ރައީސް ޔާމީން ވެރިކަމުގަ ހުންނެވި ހައި ދުވަހަކު އިސްލާމް ދީނަށް ޚިދުމަތް ކުރައްވާނޭ - މަފްހޫމް އޮޅުވާނުލާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

"އަޅުގަނޑު ބުނީ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި ދެމިހުންނެވިހައި ދުވަހަކު އިސްލާމް ދީނަށް ޚިދުމަތްކުރައްވަވާނެއޭ. އެހެން އެއްވެސް ދީނަކަށް ޖާގައެއް ނުދެއްވާނޭ. ނަމަވެސް ބައެއް މީޑިއާތަކުން ޚަބަރުގައި ގެނެސްފައިވަނީ ރައީސް ޔާމީން ހުންނެވިއްޔާ އިސްލާމް ދީން އޮންނާނޭ. ރާއްޖޭގައި އިސްލާމް ދީން އޮންނާނީ ރައީސް ޔާމީން ހުންނެވިޔާކަމަށް." ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ފުނާޑް އަވަށުގެ ޕީޕީއެމްގެ ސަޕޯޓަރުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައި ޑރ. ޝަހީމް ވިދާޅުވީ މީހުން ދައްކާ ވާހަކަތައް ހާމަކުރަން ޖެހޭނީ ހަޤީޤީ މަފްހޫމް ނުގެއްލޭ ގޮތަށް ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބެލި ނަމަވެސް އިސްލާމީ ޤައުމުތަކާއި އެންމެ ގާތް ގުޅުމެއް އުފެއްދެވީ ރައީސް ޢަބްދުﷲ ޔާމީން ކަމަށާއި އެކަމުގެ ފައިދާ މިހާރުވެސް ދަނީ ރައްޔިތުންނަށް ކުރަމުން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ މީގެ ކުރިން ހައްޖަށް ނުވަތަ އުމުރާއަށް ދިއުމަށް ވިސާ ހޯދަން ދާންޖެހެނީ ވެސް އެހެން ޤައުމަކަށް ކަމަށެވެ. ނަމަވެސް މިއަދު ސައުދި އަރަބިޔާގެ އެމްބަސީ އެހެރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބުޑުގައި ކަމަށާއި ވިސާ ދިނުމާއި އެހެން ޚިދުމަތްތައްވެސް އެދަނީ ލިބެމުން ކަމަށެވެ.

ޙައްޖު ކޯޓާ ދެގުނައަށް އިތުރުކޮށްދީފައިވާ ކަމާއި ސައުދީ ޤައުމީ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއިން ޖިއްދާއަށް ކުރަމުން ގެންދާތީ ލިބެމުން އަންނަ ލުއި ފަސޭހަތައްވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

ީމީގެ އިތުރުން އިސްލާމީ ޤައުމެއް ކަމަށްވާ ޕާކިސްތާނާއި ގުޅިގެން ރާއްޖޭގައި މިހާރު މެޑިސިން ކިޔަވައިދޭން ފަށާފައިވާކަންވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް