އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުޟްޙިޔާއަށް ކަތިލެވޭ ތަކެތީގައި ހުންނަ އިސްތަށްޓާއި އެއް އަދަދަށް ސަވާބު ދެއްވަވާނެ!

އުޟްޙިޔާއަށް ކަތިލެވޭ ތަކެތީގައި ހުންނަ އިސްތަށްޓާއި އެއް އަދަދަށް ސަވާބު ދެއްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ޢީދު ދުވަހު މީސްތަކުން ކުރާ ކަންކަމުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ޢުޟްޙިޔާ ކަތިލުމެވެ. އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާއަށް އެއީ ވާޖިބުކަމެކެވެ.

ގެރި، ބަކަރި އަދި ޖަމަލުގައި ހުންނަނީ އިސްތަށްޓެވެ. ކަންބަޅިބަކަރީގައި ހުންނަނީ ކެހެރިއެވެ. ބައެއް ޙަދީޘްފުޅުތަކުގައި ވާރިދުވެފައިވަނީ އެމީހަކު ޤްރްބާންކުރި އެއްޗެއްގައި ހުރި ކެހެރި ނުވަތަ އިސްތަށްޓާއި އެއް އަދަދަކަށް އެމީހަކަށް ސަވާބާއި ދަރުމަ ލިބޭނެ ކަމަށެވެ.

އުޟްޙިޔާ ކަތިލަންވާނީ އެއްވެސް ދަހިވެތިކަމެއް ނެތި އުފަލުންހުރެއެވެ. އެފަދައިން ﷲ ތައާލާއަށްޓަކައި ޤްރްބާން ކުރުމުން ޢުޟްޙިޔާއަށް ކަތިލެވޭ ތަކެތީގެ ލޭ ބިންމަތީގައި ޖެހުމުގެ ކުރިން ﷲ ތަޢާލާ އެކަން ޤަބޫލުފުޅު ކުރައްވަވައެވެ.

ޢުޟްޙިޔާއަށް ކަތިލެވޭ ތަކެތި އެތަކެތީގެ އިސްތަށިތަކާއި ކެހެރިތަކާއި ގުނަވަންތަކާއިއެކު ޤިޔާމަތް ދުވަހު (މަޙްޝަރު މައިދާނަށް) ގެނެވޭނެކަމަށް ޙަދީޘްފުޅުގައި ވެއެވެ.

ޢުޟްޙިޔާ ކަތިލުމަކީ ޢީދު ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤް 3 ދަވުހެ ނިޔަލަށް ކުރެވިދާނެ ކަމެކެވެ. އެއީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރުމުގެ ގޮތުންވެސް ކުރަންޖެހޭ ކަމެކެވެ.

ކުކުޅު ހައު ފަދަ ތަކެއްޗަކީ އުޟްޙިޟާއަށް ކަތިލެވޭނެ ތަކެއްޗެއް ނޫނެވެ. ނަމަވެސް އުފަލެއްގެ ގޮތުގައި ކަތިލުމަކީ އެންމެ ރަނގަޅު ކަމެކެވެ.

- އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް