އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެވޮކާޑޯގެ ފައިދާ ބޮޑުވުމުން ޔޫރަޕުގަ ޑިމާންޑް ބޮޑުވަނީ

އެވޮކާޑޯގެ ފައިދާ ބޮޑުވުމުން ޔޫރަޕުގަ ޑިމާންޑް ބޮޑުވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

އެވޮކާޑޯއިން ހަށިގަނޑަށް ލިބޭ ފައިދާ ބޮޑުވުމުން ޔޫރަޕްގައި އެވޮކާޑޯއަށް ޑިމާންޑް އިތުރުވަމުން ދާތީ އެކަމުގެ ފައިދާ ލިބިގަތުމަށް އެފްރިކާގެ ދަނޑުވެރިން މަސައްކަތް ފަށައިފިއެވެ.

ގިނަ އަދަދަކަށް ކޮފީ އާއި ސައިފަތް ހައްދަމުން ގެންދާ ކެންޔާގެ ދަނޑުވެރިން މިހާރު ގެންދަނީ އެމީހުންގެ ދަނޑުތަކުގައި ކޮފީ އާއި ސައިފަތް ހެއްދުން ހުއްޓާލުމަށްފަހު އެދަނޑުތަކުގައި އެވޮކާޑޯ ހައްދަމުންނެވެ.

ކެންޔާގެ ޒުވާން ދަނޑުވެރިއަކު ބުނީ އޭނާގެ ދަނޑުތަކުން ޔޫރަޕަށް 20 ޓަނުގެ އެވޮކާޑޯ އެކްސްޕޯޓްކުރި ކަމަށާއި 2017 ވަނަ އަހަރު 40 ޓަނު އެކްސްޕޯޓް ކުރި ކަމަށެވެ.

ޔޫރަޕުގެ ބާޒާރަށް ބަލައިފިނަމަ އެވޮކާޑޯ ކިލޯއެއްގެ އަގުހުރީ 450 ވަރަކަށް ރުފިޔާގައެވެ.

ރާއްޖޭގައިވެސް އެވޮކާޑޯއަށް ދަނީ ޑިމާންޑް އިތުރުވަމުންނެވެ. ރާއްޖޭގެ ބާޒާރުގައި ރަނގަޅު ފެންވަރުގެ އެވޮކާޑޯ ކިލޯއެއްގެ އަގު ހުރީ 250 ވަރަކަށް ރުފިޔާއަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް