އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލް-ޖަޒައިރީ އަވަހާރަ ވެއްޖެ

މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލް-ޖަޒައިރީ އަވަހާރަ ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އަލްޖީރިއާ އަށް އުފަން، މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަބޫ ބަކްރް އަލް-ޖަޒައިރީ މިއަދު އަވަހާރަ ވެއްޖެއެވެ.

ސައުދީ އަރަބިއާގައި މިއަދު އެމަނިކުފާނު އަވަހާރަވެފައިވާއިރު، އުމުރުފުޅަކީ 97 އަހަރެވެ. އަވަހާރަވީ ދިގު މުއްދަތަކަށް އާލާސްކަންފުޅާއި އުޅުއްވާފައި ކަމަށް ސައުދީގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ 1921 ވަނަ އަހަރުއެވެ. ނުހަނު ތުއްޕުޅު އުމުރުފުޅުގައި ކީރިތި ޤުރްއާން ހިތުދަސް ކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ އިސްލާމީ ރިވެތި ފިޤުހާއި ސަޤާފަތްތައް ވެސް ދަސްކުރައްވާފައެވެ.

ސައުދީ އަރަބިއާއަށް އެމަނިކުފާނު ދިރިއުޅުން ބަދަލުކޮށްފައިވަނީ 1953 ވަނަ އަހަރުއެވެ. އެތަނުގެ އެކިއެކި އިނސްޓިޓިއުޝަންތަކުގައި އަލް-ޖަޒައިރީ ކިޔަވާ ދެއްވާފައިވާއިރު، 1960 ވަނަ އަހަރުން ފެށިގެން 1986 ވަނަ އަހަރާއި ހަމައަށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ވެސް އިސްލާމީ ފިޤުހު ކިޔަވާދެއްވާފައި ވެއެވެ.

އަލް-ޖަޒައިރީ ވަނީ ހުންނަ މަސްޖިދުއްނަބަވީ ގައި 50 އަހަށްވުރެ ގިނަ ދުވަހު ކިޔަވާދެއްވާފައެވެ.

އެމަނިކުފާނުގެ ޙަޔާތްޕުޅުގައި އަލް-ޖަޒައިރީ ވަނީ އެކިއެކި ފޮތްތައް ލިޔުއްވާފައެވެ. އެގޮތުން "މިންޙަޖުލް މުސްލިމްސް" (މުސްލިމްސް ޕާތު) އަކީ އެމަނިކުފާނު ލިޔުއްވި ފޮތްތަކުން ހިމެނޭ، ގިނަ ބަޔަކަށް ނުހަނު ކަމުދިޔަ ފޮތެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ