އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދު ޗުއްޓީ ފެށުނީ، މާލެއަށް ޓާޓާ!

ޢީދު ޗުއްޓީ ފެށުނީ، މާލެއަށް ޓާޓާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

މިއަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހަކީ އަންނަ އަންގާރަ ދުވަސް ކަމުގައިވީ ނަމަވެސް، މާދަމާއަކީ ހުކުރު ދުވަހަށްވެފައި ހަފްތާ ބަންދު ފެށޭ ދުވަސް ކަމުގައިވުމުން، ގިނަ ބަޔަކަށް ޢީދު ޗުއްޓީ ފެށިފައިމިވަނީ މިއަދުން ފެށިގެންނެވެ.

އެގޮތުން މިހާރުވެސް ގިނަ އާއިލާތަކެއް ވަނީ މާލެއިން އަތޮޅު ތެރޭގެ އެކި ރަށްތަކަށް ފުރަން ފަށާފައެވެ. ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއި އެކީގައެވެ. އެއްބަޔަކު އެމީހުންގެ އަމިއްލަ ރަށަށެވެ. އަނެއް ބަޔަކު ކޮންމެވެސް ގާތް މީހެއްގެ ނުވަތަ ބައެއްގެ ރަށަށެވެ.



އަޟްޙާ ޢީދު ބަންދަކީ މުޅި މުސްލިމު އުންމަތަށް އަންނަ ނުހަނު އުފާވެރި ދުވަސްތަކަކަށްވާއިރު، ރާއްޖޭގައި އެދުވަސްތަކުގެ އުފާވެރިކަން އެންމެ ބޮޑަށް ފާހަގަ ކުރަނީ އަބަދުވެސް އަތޮޅު ތެރޭގެ އެކި ރަށްރަށުގައެވެ.

އެގޮތުން ތަފާތު އެކި ކުޅިވަރުތައް ކުޅުމާއި، މުބާރާތްތައް ބޭއްވުމުގެ އިތުރުން، ފެން ކުލަ ޖެހުމާއި، މާލި ހެދުމުގެ އިތުރުން ކޯޑި ކެނޑުމާއި ބޮޑު މަސް ބޭނުމަކީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އަޟްޙާ ޢީދަށް ނުވަތަ "ބޮޑު ޢީދަށް" ޚާއްސަ ކުރެވިފައިވާ މަޖާ ހަރަކާތްތަކެކެވެ.



ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި އަޟްޙާ ޢީދަށް އަމާޒުކޮށް، މިފަދަ ކުޅިވަރުތަކެއް ނެތް ކަމުގައިވިޔަސް، ޢީދު ޝޯވ ބޭއްވުމާއި ބައިބަލާ މުބާރާތް ބޭއްވުންފަދަ ކަންކަން މާލޭގައި ވެސް ކުރެއެވެ.

ނަމަވެސް އަތޮޅުތެރޭގެ ރަށްތަކުގައި ބޭއްވޭ ކުޅިވަރުތަކާއި އަޅާބަލާއިރު، މިފަދަ ކަންކަމަކީ ގިނަ މީހުންނަށް އެހާ ފޯރި އަރާ ކުޅިވަރުތަކަކަށް ނުވަތަ ހަރަކާތްތަކަކަށް ނުވެއެވެ.

ކޮންމެ އަޟްޙާ ޢީދު ބަންދަކަށް މާލޭގައި ދިރިއުޅޭ ގިނަ މީހުން ރަށްރަށަށް ދަތުރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ