އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 މިލިއަނަށްވުރެ ގިނަ މީހުން މިއަދު ހަރަމްފުޅުގަ ހުކުރު ނަމާދުކުރި

2 މިލިއަނަށްވުރެ ގިނަ މީހުން މިއަދު ހަރަމްފުޅުގަ ހުކުރު ނަމާދުކުރި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

2 މިލިއަނަށްވުރެ ގިނަ މީހުން މިއަދު މައްކާގެ ހަރަމްފުޅުގައި ހުކުރު ނަމާދުކުރިއެވެ. އިމާމްވެ މިއަދުގެ ހުކުރު ނަމާދުކުރެއްވީ އިމާމް ސައުދު އަލްޝުރައިމް އެވެ. ޚުޠުބާގައި މައިގަނޑު ގޮތެއް ދައްކަވާފައިވަނީ ހައްޖުގެ މަތިވެރި އަޅުކަމާއި ހައްޖުވުމުގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ މައްޗަށެވެ.

އަންގާރަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވުމާއިއެކު މިއަދަކީ ހައްޖު ދުވަހުގެ ކުރިން އަންނާނެ އެންމެ ފަހު ހުކުރު ދުވަހެވެ.

ޙައްޖުވެރިން މިނާއަށް ދަތުރު ފަށާނީ އާދީއްތަ ދުވަހު އެވެ. އަރަފާތު ދުވަހަކީ ހޯމަ ދުވަސްކަމަށްވުމުން ހޯމަ ދުވަހުގެ އިރުއަރަންވާއިރަށް އަރަފާތު ބިމަށް ޙާޒިރުވާން ހައްޖުވެރިން މަސައްކަތްކުރާނެއެވެ.

ސައުދީ ސަރުކާރުން އެއްވެސް އަހަރަކު ހައްޖަށްދާ މީހުންގެ ފުރިހަމަ އަދަދު ހާމައެއް ނުކުރެއެވެ. މިއަހަރުވެސް ބުނެފައިވަނީ 2 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖުވުމަށް ގޮސްފައިވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް