އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިކުނޑި މަރުވެފައިވާ 15 އަހަރުގެ އަންހެން ކުއްޖެއްގެ ގުނަވަންތަކުން 5 މީހަކަށް ދިރުން ދީފި

ސިކުނޑި މަރުވެފައިވާ 15 އަހަރުގެ އަންހެން ކުއްޖެއްގެ ގުނަވަންތަކުން 5 މީހަކަށް ދިރުން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ސިކުނޑި މަރުވެފައިވާ 15 އަހަރުގެ އަންހެން ކުއްޖެއްގެ ގުނަވަންތަކުން 5 މީހަކަށް ދިރުން ދީފިއެވެ.

އިންޑިއާގެ ކޮލްކަޓާގެ އައިޕީޖީއެމްއީއާރު އިންސްޓިޓިޔުޓްގެ ތަރުޖަމާނު ބުނީ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް ޖުލައި މަހުގެ 23 ވަނަ ދުވަހު އެޑްމިޓް ކުރި އުމުރުން 15 އަހަރުގެ މައްލިކާ ކޯމާއަކަށް ދިއައީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ. މައްލިކާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމީ އިއްޔެ ކަމަށެވެ.

"އޭނާގެ ކިޑްނީއާ ލިވަރ އާ ލޮލުގެ ކޯނިއާ ހަން ފަދަ ގުނވަންތައް މިހާރު ވަނީ އެ ގުނަވަންތަކަށް އިންތިހާއަށް ބޭނުންވެގެން ތިބި 5 މީހަކަށް ދީފަ. 2 ކިޑްނީ ދިނީ ދެ މީހަކަށް. އެކަކު އޮޕަރޭޝަންކޮށް ކިޑްނީ މިހާރު ވަނީ ބަދަލުކޮށްފަ. އޮޕަރޭޝަން ކާމިޔާބު" ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް