އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރަމްފުޅުގެ އިމާމް ޝައިޚް ޞާލިޙް ޢާލް ޠާލިބް ބަންދުކުރީ ނުބައިކަންތައްތައް މަނާކުރަންޖެހޭނެ ކަމަށް ޚުޠުބާގަ ވިދާޅުވުމުން

ހަރަމްފުޅުގެ އިމާމް ޝައިޚް ޞާލިޙް ޢާލް ޠާލިބް ބަންދުކުރީ ނުބައިކަންތައްތައް މަނާކުރަންޖެހޭނެ ކަމަށް ޚުޠުބާގަ ވިދާޅުވުމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

ހަރަމްފުޅުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝައިޚް ޞާލިޙް ޢާލް ޠާލިބް ބަންދުކުރީ "ނުބައިކަންތައްތައް މަނާކުރަންޖެހޭނެ" ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވުމުންނެވެ.

މިކަމާއި ގުޅިގެން މައިކް އިސްމާޢީލް ވަނީ ހެޔޮ ބަސްފުޅެއް އިމާމް ވިދާޅުވުމުން ހައްޔަރުކުރި ސަބަބާއިމެދު ސުވާލު އުފައްދަވައިފައެވެ. "އަޅުގަނޑު ދީނީ ނަޞޭޙަތް ދެމުން ދާދިފަހުން ބުނިން ފާހިޝް އަމަލުތައް ކުރުމަކީ އެތައް ބައިވަރު މުންކަރާތްތަކެއް އެކަމުގައި އެކުލެވޭ އަމަލެއް ކަމަށް. އެއިގެ ތެރޭގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި، ތަޅާފޮޅުމާއި ބައެއް ހާލަތްތަކުގައި މީހުން މެރުން ހިމެނޭ ކަމަށް. އެހެންކަމުން މާޒީގައި އެކަމަށް (ފާހިޝް އަމަލު ހިންގުމުން މަރުގެ އަދަބު ދިން ކަމަށް. އެހެންބުނީމާ އެތަނުގަ އިން ކްރިސްޓިއަނަކު ބުނީ އަހަރެން މީހުން މަގުފުރައްދަނީ ކަމަށް."



މައިކް އިސްމާޢީލް ވިދާޅުވެފައި އެވަނީ ވަރަށް މާނަފުން، ޢިބްރަތްތެރި ބަސްފުޅުތަކެކެވެ.

ސައުދިއަރަބިޔާއަކީ އިސްލާމީ އުންމަތުގެ "ބައްޕަ" ކަމަށް މިއަންނަނީ ޤަބޫލުކުރަމުންނެވެ. މުސްލިމުންގެ ހިތުގެ ވިންދު ގުޅިފައިވަނީ އެ ބިމުގައި ހުރި 2 ޙަރަމްފުޅާއި އަދި އިސްލާމީ އުންމަތުގެ ތަރިކަތަކާއިއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް