އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވީރާނާވެފައިވާ ބޭނުން ނުކުރާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ މައްސަލައެއް ނޫން- ޝެއިޚް ޝަފީއު

ވީރާނާވެފައިވާ ބޭނުން ނުކުރާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ މައްސަލައެއް ނޫން- ޝެއިޚް ޝަފީއު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ވީރާނާ ވެފައިވާ އަދި ބޭނުން ނުކުރާ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ މައްސަލައެއް ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޝަފީއު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަފީއު ފޭސްބުކްގައި މިއަދު ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެފަދަ މިސްކިތަކަށް ފައިވާނާއެކު ވަނުމަކީ މައްސަލައަކަށް ނުވުމުގެ އިތުރުން ވީރާނާ ނުވެ ހުންނަ މިސްކިތްތަކުގެ ތެރޭގައި ފައިވާނާއެކު ނަމާދު ކުރެވޭ ގޮތަށް މިސްކިތެއް ހަދާފައި ހުރި ކަމަށް ވަންޏާ، އެފަދަ މިސްކިތަކަށް ވެސް ވަދެ ފައިވާނުގައި ނަމާދު ކުރުމަކީ ވެސް ހުއްދަ ކަމެއް ކަމުގައެވެ.

"ނަބިއްޔާ (ޞޢޥ) އެކަލޭގެފާނުގެ މަތިވެރި ސަޙާބީން މަސްޖިދުއްނަބަވީ ގައި ފައިވާން ކޮޅުގައި ނަމާދު ކުރައްވާ އުޅުއްވި. އެޒަމާނުގައި މިސްކިތްތައް ބިނާ ކުރެވިފައިވަނީ ފައިވާނާއެކު ވަދެވޭ ގޮތަށް" ޝެއިޚް ވިދާޅުވިއެވެ.

މީގެއިތުރުން ޝެއިޚް ވިދާޅުވީ ތާކުން ތާކު ނުޖެހޭ ކަންކަން ނަގައިގެން ބޮޑު ކުރުމަކީ ފިތުނަ ފަސާދަ އަށް ހުޅުވޭ ދޮރެއް ކަމަށާއި އެފަދަ ބޭކާރު ކަންކަމުގައި ވަގުތު ހޭދަ ނުކޮށް، ފައިދާ ހުރި ކަމެއްގައި އުޅުން މާ ބުއްދިވެރި ވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ