އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުނިވަރސިޓީތަކަށް ދަރިން "އުކާލީމަ" ކުރިން ކުރި ތަރުބިއްޔަތުވެސް ގެއްލި ދަރިން ދަނީ މަގުފުރެދިގެން

ޔުނިވަރސިޓީތަކަށް ދަރިން "އުކާލީމަ" ކުރިން ކުރި ތަރުބިއްޔަތުވެސް ގެއްލި ދަރިން ދަނީ މަގުފުރެދިގެން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ދަރިން އިސްލާމް ދީނުގައި ބޭތިއްބުމަށް ތުއްތު އިރު ދޭންޖެހޭ ސަމާލުކަމަށްވުރެ ޔުނިވަރސިޓީ ފެންވަރުގަ ދޭންޖެހޭ ސަމާލުކަން މާބޮޑެވެ. އެކަމުގެ ސަބަބުތައް ވަރަށް ގިނައެވެ. ނަމަވެސް ސަމާލުކަންދެނީ މަދު ބެލެނިވެރިއެކެވެ.

ގިނަ ބެލެނިވެރިން ދެކެނީ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ކިޔަވާ އުމުރުގައި ކުދިން ތިބޭނީ ބުއްދި ހަމަޖެހިފައި ކަމަށެވެ. އެކުދިންގެ ވިސްނުމާއި ކުޅެލުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނޫންނަމަ އެއީ ނުކުރެވޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ޙާލެއްގައި ރަނގަޅު ވިސްނުމެއް ނޫނެވެ. އެކަން މިދަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރެވެމުންނެވެ.

އިސްލާމީ ތައުލީމު ދޭ ޔުނިވަރސިޓީތައް ފިޔަވައި އެހެން ޔުނިވަރސިޓީތަކުން މަތީ ތައުލީމު ޙާޞިލުކުރާ ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން އިސްލާމް ދީނާއި ދުރުހެލިވަމުންދާކަން މިދަނީ އެނގެމުންނެވެ. އެތަން މިދަނީ ފެންނަމުންނެވެ. އެހެންކަމުން މަތީ ތައުލީމު ޙާޞިލުކުރާވަރަކަށް ދުރުވަނީ ކީއްވެގެން ކަމާއިމެދު ވިސްނަން އެބަޖެހެއެވެ.

ދަރިން ދީނާއި ދުރުވަނީ ޔުނިވަރސިޓީތަކުން ދީން ކޮށައި ކުދިކުރާތީ އެވެ. އެކަންކަން ކުރަނީ ވަރަށް ބޮޑަށް ދުރާލައި ރާވައިގެންނެވެ. ފައުންޑޭޝަން ލެވެލް އިން ފެށިގެން ކުދިންނަށް އިސްލާމް ދީނާއިމެދު ނުބައި މައުލުމާތުތައް ދެނީ އޮޅުވައިލުމެއްގެތެރޭގައެވެ. މަޑުމަޑުން ދޭ "ޑޯޒެއް" ފަދައިންނެވެ. ކުއްޖާއަށް މިވަނީ ކިހިނެއްކަންވެސް ނުއެނގޭނެ ފަދަ މަކަރުވެރި ގޮތަކަށް ކަމަށެވެ.

އާޚިރުގައި ޔުނިވަރސިޓީ ނިންމާފައި ނުކުންނައިރު ކުދިންގެ ވިސްނުމުގައި ﷲ ތަޢާލާ ވޮޑިގެން ނުވެސްވާ ފަދައެވެ. އެކަލާނގެ ޤްދްރަތްތެރިކަމާއި ކުޅަނދުންވަތަކަމާއި މިންވަރުފުޅު ދުނިޔަވީ ކަންކަމުގެ ގޮތުގައިވެ ނިމިފައެވެ.

މިހެން މިވަނީ ﷲ ތަޢާލާ އާއި ކީރިތި ޤްރްއާނާއި ބެހޭ ގޮތުން ދޭންޖެހޭ މައުލޫމާތު ނުދޭތަނުގައި އޮޅުވާލައިގެން މައުލޫމާތު ދޭތީއެވެ. އަދި ކިޔަވާ މާއްދާއަކީ ހުރިހާ އެއްޗެއް ކަމަށް ބަަލައިގެން މައުލޫމާތުދޭތީއެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އާއި ގުޅުންކެނޑި އެތައް އަހަރެއް ފާއިތުވެގެންދާތީއެވެ.

މިއީ ކަންކަން ވަމުންދާ ގޮތްކަން އެންމެންނަށްވެސް ރަނގަޅަށް އެނގެއެވެ. ނަމަވެސް އަޅައި ނުލެވެނީއެވެ. ދޭންޖެހޭ ސަމާލުކަން ނުދެވެނީއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން އަތުން ބީވެގެންދަނީއެވެ. ބީވެގެން ދިއުމުން ދެން އަލުން އަނބުރައި ގެނައުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

މިކަމަށް މިއަދު ހުރިހާ ބެލެނިވެރިން ވެސް ސަމާލުކަންދޭން އެބަޖެހެއެވެ. ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތުކުރުމަށްފަހު އެންމެ މުހިންމު މަރުހަލާގައި ދަރިފުޅު ބަދަލުވެގެންދާނަމަ ކުރިން ކުރި ހުރިހާ މަސައްކަތްތަކެއްވެސް އެދަނީ ގެއްލިގެންނެވެ. ވީމާ އިސްލާމީ ނޫން ޔުނިވަރސިޓީތަކަށް ކުދިން ފޮނުވާނަމަ މިހާލަތުން ކުދިން ސަލާމަތްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް