އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖުން ދަތުރުކުރާނަން - ބްރިޖް އެޅީ އަހަރެންގެ ފައިސާވެސް ބޭނުންކޮށްގެން: ރައްޔިތުން

ބްރިޖުން ދަތުރުކުރާނަން - ބްރިޖް އެޅީ އަހަރެންގެ ފައިސާވެސް ބޭނުންކޮށްގެން: ރައްޔިތުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

"ބްރިޖުން ދަތުރުކުރާނަން - އެޅީ އަހަރެންގެ ފައިސާވެސް ބޭނުންކޮށްގެން" މިއީ ގިނަ ބައަކު ބުނާބަހެކެވެ.

"މަގުތައް ތަރައްޤީކުރީމާ އަހަރެމެން މަގުތައްވެސް ބޭނުންކުރަން، މިސްކިތް އެޅީމާ މިސްކިތްތަކަށްވެސް އަރަން، ސްކޫލްތައް އިމާރާތް ކުރީމާ ސްކޫލްތަކަށްވެސް ކުދިން ފޮނުވަން، އާސަންދަވެސް ބޭނުންކުރަން. މިއިފަދަ ކޮންމެ ޚިދުމަތެއްވެސް ލިބިގަންނަމުން މިދަނީ ހަމަ އަހަރެމެންގެ ފައިސާއިން ހިންގާ ކަންކަން ކަމަށްވާތީ. މިއިން އެއްވެސް ކަމަކީ ވެރިކަމުގައި ހުންނަ މީހެއްގެ ޖީބުން އެންމެ ލާރިއެއްވެސް ޚަރަދުކޮށްގެން ކުރާ ކަންކަމެއް ނޫން."

"މިޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއިރު ވެރިކަމުގައި ހުންނަ މީހެއްގެ ޒިންމާއެއް. ވަޒީފާގެ މަސްއޫލިއްޔަތެއް. އެކަމަށް ރައްޔިތުން ވަރަށް ބޮޑު މުސާރައަކާއި ވަރަށް ގިނަ އިނާޔަތްތަކެއް ދޭ."

މިފަދަ ބަސްތައް ބޭނުންކުރަމުން ގެންދަނީ ބްރިޖު އެޅުމުން އެއީ ވަކި ބައަކަށް ޚާއްޞަވެގެން ކުރެވުނު ކަމަށް ބައެއް މީހުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.

ބްރިޖު އަޅަން ޗައިނާއިން އެހީދިނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަމަށް ޗައިނާ ސަރުކާރުގެ މަންދޫބު ރޭ ވެސް ވަނީ ވިދާޅުވެފައެވެ. އެއީ ހަމަ ޗައިނާއިން ހިލޭ އެހީގެދަށުން މީގެ ކުރިން ސިނަމާލެ ފްލެޓްތައް ވެސް އަޅައިދިން ފަދައިންނެވެ. މާލޭގައި ނަރުދަމާ ވެސް ޤާއިމުކޮށްދިން ފަދައިންނެވެ. ފޮރިން މިނިސްޓްރީ އާއި ދާރުލްއާސާރާއި ޤައުމީ ކުތުބުޚާނާ ވެސް އަޅައިދިން ފަދައިން ދިވެހިރައްޔިތުންނަށް ކޮށްދީފައިވާ ކަމެކެވެ.

ބްރިޖުގައި ދެން ހިމެނެނީ ދައުލަތުގެ ދަރަންޏެވެ. އެދަރަނި އަދާކުރަން ބޭނުންކުރާނީ ހަމަ ހުރިހާ ރައްޔިތުން ދައުލަތަށް ދައްކާ ފައިސާއިންނެވެ. ޓެކްސް އާއި ފީތަކާއި އެހެން ވެސް ގޮތްގޮތުންނެވެ. ދެން ބޭނުންކުރާނީ ރާއްޖޭގެ ރަށްތަކާއި ވަސީލަތްތައް ކުއްޔަށް ދީގެން ނުވަތަ ވިއްކައިގެން ލިބޭ ފައިސާއެވެ.

ވީމާ ބްރިޖުމަތިން ދަތުރުކުރުމުގެ ހައްޤު ހަމަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންވަނީ ހަމަހަމަކަމާއިއެކު އެއް އުޞޫލަކުންނެވެ. ދިވެހި ކޮންމެ ރައްޔިތަކީވެސް ބްރިޖުގެ ހިއްޞަދާރަކަށްވާތީއެވެ. ސަރުކާރުން ހިންގާ އެހެން މަޝްރޫތަކުގައިވެސް ހިއްޞާވާ އުޞޫލުންނެވެ.

މިއަދުގެ ސަރުކާރަށް ތާއީދުކުރާ މީހެކޭ ނުކުރާ މީހެކޭ ބްރިޖު ބޭނުންކުރުމުގައި ހިއްޞާ ތަފާތެއް ނެތެވެ. ހަމަހަމަ އެވެ. އެއީ ސިޔާސީ ފިކުރު ކޮންމެ ކުލައެއްގައި ހުރިނަމަވެސް ކޮންމެ މީހަކީވެސް ބްރިޖުގެ ހިއްސާދާރަކަށްވާތީއެވެ. އެހެންވީމާ "ކޮބާ އެދަތުރުކުރަނީ ނޫންހޭ؟" ބުނުމުގެ އެއްވެސް ހައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެހެން ބުނާ މީހާ އާއި އެހެން އެންމެންނާއި ވެސް ބްރިޖުގައި ހިއްޞާވަނީ އެއްވަރަކަށް ކަމަށްވާތީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް