އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޒޯޓްގައި ބެހެއްޓި ބުދުތައް ނެގުން އިންތިޚާބީ ރާޒުވާ ކުޅިގަނޑަކަށް

ރިޒޯޓްގައި ބެހެއްޓި ބުދުތައް ނެގުން އިންތިޚާބީ ރާޒުވާ ކުޅިގަނޑަކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ސިއްރު ފެންފުށީގައި 30 އަށްވުރެ ގިނަ ބޮޑެތި ބުދުތައް ބެހެއްޓިކަމުގެ ޚަބަރު މީޑިއާތަކުން ހާމަކުރުމުން ފުރަތަމަ އިވުނީ އެ ބުދުތައް 24 ގަޑިއިރުގެ ތެރޭގައި ނަގަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގި ވާހަކައެވެ.

ދެން އިވުނީ އެއީ ވެލްޑްކޮށްފައި ހުރި ތަކެއްޗަށް ވާތީ ނަގަން އުނދަގޫވުމުން ނަގަން އިތުރު ވަގުތު ބޭނުންވާނެކަމަށާއި އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ އަޑެވެ.

މިހާރު އިވެނީ އެ ނަގަން ކޯޓު އަމުރެއް ހޯދަން ފުލުހުން އުޅޭވާހަކައެވެ. ރިޒޯޓުން މަސައްކަތްކުރަނީ ބުދުތަކުގެ މޫނު ބަދަލު ކުރަން ކަމުގެ ވާހަކަތަކެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މައްކާ ފަތަހަ ކުރެއްވެވުމާއިއެކު އެންގެވީ ޢަރަބިންގެ އެންމެ ޘަޤާފީ އަދި އެންމެ ދުވަސްވީ ބުދުތައް ކަމުގައިވާ ލާތަ އާއި އުއްޒާގެ މޫނު ތަޅައިލާކަށް ނޫނެވެ. ބޯކަނޑާލުމަށްފަހު ބަހައްޓާކަށް ނޫނެވެ. ތަޅައި ސުންނާފަތިކޮށް ހިލަތައްވެސް އުކާލުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަމުރެއް ކުރީމާ އެކަން ތަންފީޒުކުރަން ރިޒޯޓުތަކަށް ބަހަނާ ދެއްކޭނަމަ އެކަން ވާނީ ވަރަށް ބޮޑު އަރަތަކަށެވެ. ވަގުތުން ނަގަން ނުޖެހޭ އެއްޗެއް ވަގުތުން ނަގަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އަމުރެއް ނެރޭނީ އެމަނިކުފާނުގެ ލީގަލް އެޑްވައިޒަރު މިނިސްޓަރު ރަނގަޅަށް ބެއްލެވުމަށްފަހުގައި ކަމަށް ޤަބޫލުކުރެވޭތީއެވެ.

އެއްބައަކު ބުނަމުން ގެންދަނީ ބުދުތައް ބަހައްޓާފައިވަނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ނަގައިގެން ކަމަށެވެ. ނަންގުވާނަމަ 3 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. ނުނަގައި ބަހައްޓަނީ ހުއްދަ ނަގައިގެން ބަހައްޓާފައިވާ ބުދުތަކަކަށްވާތީ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވަނީ ބުދުތައް ބެހެއްޓީ ހުއްދަ ނުނަގާ ކަމަށެވެ. އެހެން ވިދާޅުވިފަހުން ތަފާތު ގޮތް ގޮތުން ކުރެވުނު އެއްވެސް ސުވާލަކަށް މިނިސްޓަރު ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި މިއަދުނޫހުން ކުރި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް