އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާނަކީ ތިމާ އާ ދެކޮޅަށްވާ ޙުއްޖަތަކަށް ނުވާނީ އެފޮތަށް އަމަލުކުރުމުން: ޝައިޚް ޢަލީ ޒާހިރު

ކީރިތި ޤްރްއާނަކީ ތިމާ އާ ދެކޮޅަށްވާ ޙުއްޖަތަކަށް ނުވާނީ އެފޮތަށް އަމަލުކުރުމުން: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މުސްލިމުން ދުސްތޫރު ކަމުގައިވާ ކީރިތި ޤްރްއާނަކީ ތިމާ އާއި އެއްކޮޅަށްވާ ޙުއްޖަތެއް ކަމުގައި ވޭތޯ ބެލުމަށާއި ތިމާ އާއި ދެކޮޅަށްވާ ޙުއްޖަތެއް ކަމުގައި ނުވެ ވޭތޯ ބެލުމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އިލްތިމާސް ކުރައްވައިފިއެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އެކަން އެގޮތަށް ވާނީ އެފޮތަށް (ކީރިތި ޤްރްއާނަށް) އަމަލުކުރުމުން ކަމަށެވެ.

ޝައިޚް ޢަލީ ޒާހިރުގެ ބަސްފުޅުން އެނގިގެންދަނީ ކީރިތި ޤްރްއާން ކިތަންމެ ރީތި ރާގުތަކަށް ކިތަންމެ ގިނައިން ކިޔެވި ނަމަވެސް އަދި ކިތަންމެ ގިނައިން ކީރިތި ޤްރްއާނުގެ ވާހަކަ ދެއްކި ނަމަވެސް އެވަރަކުން އަދި ނުފުދޭ ކަމެވެ. އެކަންކަން ކުރުމާއިއެކު ކީރިތި ޤްރްއާނަށް އަމަލުވެސް ކުރަންޖެހޭ ކަމެވެ.

ކީރިތި ޤްރްއާނަށް އަމަލުކުރުމަކީ ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި އަންގަވާފަދައިން އަމަލުކުރުމެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް، ހައްދުތައް ތަންފީޒުކުރުމެވެ.

އެއިގެ ތެރެއިން ތިމާ ބޭނުންވާ ބައި ނަގައި އަމަލުކުރުމާއި ބޭނުން ނުވާ ބައަށް އަމަލު ނުކޮށް ދޫކޮށްލުމަކީ ކީރިތި ޤްރްއާމަށް އަމަލުކުރުން ނޫން ކަމަށާއި މުޅި ކީރިތި ޤްރްއާނަށް ޢަމަލުކުރަންޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

"ޤްރްއާނަކީ ތިމާ އާ އެއްކޮޅަށްވާ ޙުއްޖަތެއް ކަމުގައި ވޭތޯ ބަލާށެވެ. ދެކޮޅަށްވާ ޙުއްޖަތެއް ކަމުގައި ނުވެ ވޭތޯ ބަލާށެވެ. އެކަން އެގޮތަށް ވާނީ އެފޮތަށް އަމަލުކުރުމުންނެވެ."


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް