މީހެއްގެ ޙައްޤަކަށް އަރައިގަނެވި މާފު ނުލިބިއްޖެނަމަ ފާފައަށް ލުއިކަން ލިބޭނެ ދެ ކަމެއް- ޑރ. އިޔާޟް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މާފު އެދުމުން މާފު ނުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މާފު ނުކުރުމުން ތައުބާ ޤަބޫލުފުޅު ކުރައްވާނެތޯ؟

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:

"ކުށެއް ކުރެވިއްޖެނަމަ މާފަށް އެދުމާއި މާފު ދިނުމަކީ އިސްލާމީ ރިވެތި އަކްލާޤްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މާފުކުރުމަކީ ކޮންމެހެން ވާޖިބު ކަމެއް ނޫނެވެ. ނަމަވެސް "ވވވވ" ބޮޑަށް އެދެވިގެންވާ އަދި ރިވެތި އަޚްލާޤްގެ ތެރެއިންވާ ކަމެކެވެ.

ބަޤަރާ ސޫރަތުގެ 237 ވަނަ އާޔަތުގައިވެއެވެ.

وَأَنْ تَعْفُوا أَقْرَبُ لِلتَّقْوَى

)އަދި ތިއަބައިމީހުން ޢަފޫކޮށްފިނަމަ އެގޮތް ތަޤްވާވެރިކަމާ ގާތްކަންބޮޑެވެ.)

ޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީ ކުރއްވަވާފައިވެއެވެ.

( فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ )

މާނައަކީ ޢަފޫކޮށް ޞުލްޙަވެރިވެއްޖެ މީހާގެ ދަރުމަ އޮތީ ﷲގެ ޙަޟްރަތުގައެވެ.

މީހެއްގެ ޙައްޤަކަށް އަރައިގަނެވި އެމީހާގެ ކިބައިން މާފު ނުލިބިއްޖެނަމަ އެމީހާއަށްޓަކައި ގިނަގިނައިން ހެޔޮ ދުޢާކޮށްދޭށެވެ. އަދި އެމީހާގެ ނަމުގައި ޞަދަޤާތްކޮށްދޭށެވެ. އެއރުން އިން ޝާ ﷲ އޭނާގެ ފާފައަށް ލުއިކަން ލިބޭނެއެވެ.

ޑރ. އިޔާޟްގެ މި ބަސްފުޅުތަކުންވެސް އެނގިގެންދަނީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ހުރި ނުބައިކަމެވެ. އަދި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ލިބޭ ފާފައިން ސަލާމަތްވުމަކީ އަމިއްލައަށް ކޮންމެ އަހަރަކު ޙައްޖުވި ނަމަވެސް ލިބެން އޮތް ކަމެއް ނޫން ކަމެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް