އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮތީީ 7 ދުވަސްވުމުން ޢަޤީޤާ ކަތިލުން - ކަތިލެވެން ނެތް ނަމަ ތަނަވަސްކަން ލިބެންދެން ލަސްކުރުމަކީ މައްސަލައެއް ނޫން: ޑރ. އިޔާޟް

އޮތީީ 7 ދުވަސްވުމުން ޢަޤީޤާ ކަތިލުން - ކަތިލެވެން ނެތް ނަމަ ތަނަވަސްކަން ލިބެންދެން ލަސްކުރުމަކީ މައްސަލައެއް ނޫން: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

"ފިރިހެން ދަރިއަކު ލިބިއްޖެނަމަ 7 ދުވަސްވާ ދުވަހު 2 ބަކަރި ކަތިލުން ސުންނަތްވެގެންވެއެވެ. އަންހެން ކުއްޖަކު ލިބިއްޖެނަމަ 1 ބަކަރި ކަތިލުން ސުންނަތްވެގެންވެއެވެ.

އެއިގެ (ކަތިލެވޭ ބަކަރީގެ މަހުގެ) އެއްބައި އަމިއްލައަށް ކާނީއެވެ. އަނެއްބައި ފަޤީރުންނަށް ބަހާނީއެވެ. އަނެއްބައި އަވަށްޓެރިންނަށް ބަހާނީއެވެ. ކޮންމެހެން މަހާއިއެކު ފޮނި އެއްޗެއް (ބޮނޑިބަތް ފަދަ) ބަހާކަށް ނުޖެހޭނެއެވެ.

7 ވަނަ ދުވަހު ކަތި ނުލެވިއްޖެނަމަ 14 ވަނަ ދުވަހު ކަތިލާނީއެވެ. 14 ވަނަ ދުވަހު ކަތި ނުލެވިއްޖެނަމަ 21 ވަނަ ދުވަހު ކަތިލާނީއެވެ. އަދި އެދުވަހު ކަތި ނުލެވިއްޖެނަމަ ކޮންމެ ދުވަހަކު ކަތިލިނަމަވެސް މައްސަލައެއް ނެތެވެ.

ނަމަވެސް ތަނަވަސްކަން ލިބުނުހައި އަވަހަކަށް ކަތިލަންވާނެއެވެ. ޢުމުރުގައިވެސް އެފަދަ ތަނަވަސްކަމެއް ނުލިބިއްޖެނަމަ ކަތިނުލުމަކީ މައްސަލައެއް ނޫނެވެ.

މައިން ބަފައިންނަށް ކަތި ނުލެވި އޮތްނަމަ ދަރިން އަމިއްލައަށް ކަތިލުމުން ވެސް ސުންނަތް ޙާޞިލުވާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް