ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފިނަމަ މުޅި ރޭ އެއްކޮށް އަޅުކަންކުރިކަމުގެ ސަވާބު ލިބޭނެ: ޑރ. އިޔާޟް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

"ބަންގީގެ އަޑު އިވޭ ފިރިހެނުން ޖަމާއަތަށް ދާންޖެހޭނެއެވެ. ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފިނަމަ މުޅި ރޭ އެއްކޮށް އަޅުކަންކުރިކަމުގެ ސަވާބު ލިބޭނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ނަމާދުތައް މިސްކިތުގައި ކޮށް ހަމައެކަނި ފަތިސް ނަމާދު ގޭގައި ކުރުމުން ފަތިސް ނަމާދު ލިބޭނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ދެމަފިރިންގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ފަރުޟު ނަމާދު ދެމަފިރިން އެކުގައި ގޭގައި ކުރެވިދާނެތޯ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ވެސް ޑރ. އިޔާޟް ވަނީ މިމޭރުމުން ޖަވާބު ދެއްވައި ފިރިހެނުން މިސްކިތަށް ދާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމުގައި އިތުރު ތަފްޞީލު ދެއްވަމުން ޑރ. އިޔާޟް ވިދާޅުވީ އެއްވެސް ސަބަބެއް މެދުވެރިވެގެން ޖަމާއަތަށް މިސްކިތަށް ނުދެވުނު ނަމަ ފިރިހެނުންވެސް ގޭގައި ނަމާދުކުރުން ހުއްދަ ކަމަށެވެ. އަދި ބަންގީގެ އަޑު ނުއިއވިއްޖެނަމަ އެމީހަކަށް އެ އުޒުރު ލިބޭނެ ކަމަށެވެ.

މަތީ ބުރިތަކުގައި ދިރިއުޅޭތީ އާއި އަދި މިހާރަކަށް އައިސް ގެތަކުގެ ދޮރުތައް ލައްޕާފައި ހުންނާތީ އާއި ބަންގީގެ އަޑު މަޑުވުމުގެ ސަބަބުން ނަމަވެސް ބަންގީގެ އަޑު ނުއިވުނު ނަމަވެސް ގަޑި ބަލައި މިސްކިތަށް ފިރިހެނުން ގޮސް ޖަމާއަތުގައި ނަމާދުކޮށްފިނަމަ 27 ގުނައަށް ސަވާބު އިތުރުވެގެންވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް