އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާ ބަންދުގަ ޤަޟާ ރޯދަ ވެސް ސުންނަތް ރޯދަވެސް ހިފިދާނެ

ހަފްތާ ބަންދުގަ ޤަޟާ ރޯދަ ވެސް ސުންނަތް ރޯދަވެސް ހިފިދާނެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ރާއްޖޭގައި ހަފްތާ ބަންދުގެ ގޮތުގައި ފާހަގަކުރެވެނީ ހުކުރު ދުވަހާއި ހޮނިހިރުދުވެހެވެ. ވަޒީފާތަކުގައި އުޅޭ ބައެއް މީހުންގެ އެންމެ ބޮޑު އެއް ސުވާލަކަށްވެފައި އޮންނަނީ ހަފްތާ ބަންދުގައި ރޯދަ ހިފިދާނެ ކަމާއިމެދުގައެވެ. މާނައަކީ ހުކުރު ދުވަހު ނޫނީ ހޮނިހިރު ދުވަހު ރޯދަ ހިފިދާނެކަމާއިމެދުގައެވެ.

މިމޭރުމުން ސުވާލު އުފައްދަނީ ބަންދު ދުވަހަކު ރޯދަ ހިފާނަމަ އަޅުކަމުގައި އުޅެވޭނެ ވަގުތު ގިނަވާނެތީއެވެ. މިސްކިތުގައި ގިނަ ވަގުތު ހޭދަކުރެވޭނެތީއެވެ.

އަރާމުކުރަމުން ވެސް ރޯދަ ހިފިދާނެތީއެވެ. މިސާލަކަށް އޮފީސް ހުޅުވިފައިވާ ދުވަހެއް ނަމަ ފަތިސް ނަމާދުކޮށްގެން އައިސް އަރާމުކޮށްލާނެ ވަގުތެއް ނުލިބޭނެއެވެ. ދަރިން 7 ޖަހާއިރަށް ސްކޫލަށް ގެންދަން ޖެހޭނެއެވެ. 8 ޖަހާއިރަށް އޮފީހަށް ނުކުންނަން ޖެހޭނެއެވެ. ނަމަވެސް ބަންދު ދުވަހެއް ނަމަ އެކަންކަން ކުރާކަށް ނުޖެހޭނެއެވެ.

ހުކުރު ދުވަހު އެކަނި އަދި ހޮނިހިރު ދުވަހު އެކަނި ރޯދަ ހިފުމެއް ނެތެވެ. ނަމަވެސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހާއި ދެ ދުވަހު ވިދިވިދިގެން ރޯދަ ހިފާނަމަ ހިފިދާނެއެވެ.

މިކަން އެނގިގެންދަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅަކުންނެވެ. "ހުކުރު ދުވަހު ރޯދަހިފުން މަނާވެގެންވަނީ އެދުވަހު އެކަނި ރޯދަ ހިފުމެވެ. ނަމަވެސް ހުކުރު ދުވަހާއިއެކު ހޮނިހިރު ދުވަހު ރޯދަ ހިފާނަމަ މައްސަލައެއް ނެތެވެ."

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ހުކުރު ދުވަހުން ފެށިގެން ޤަޟާ ރޯދަ ހިފަން ފެށިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަފްތާ ރޯދައިގެ ގޮތުގައި ރޯދަ ހިއްޕެވީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން ހަފްތާގައި ރޯދަ ހިފުން އެންމެ ރަނގަޅު ދެ ދުވަހަކީ ހޯމަ ދުވަހާއި ހުކުރު ދުވަހެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް