އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނަކީ އަމަލުކުރާ ދީނެއްގެ ގޮތުގަ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ މުސްލިމުންގެ މަސްއޫލިއްޔަތެއް: މުފްތީ މެންކް

އިސްލާމް ދީނަކީ އަމަލުކުރާ ދީނެއްގެ ގޮތުގަ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ މުސްލިމުންގެ މަސްއޫލިއްޔަތެއް: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އިސްލާމީ އުންމަތުގެ ކަންކަން ގޯހުން ގޯހަށް މިދަނީ ނުރަނގަޅު، ރަނގަޅު ނޫން މީހުން ނަމޫނާއަކަށް ބަލާތީއެވެ. މިއަދު ގިނަ ބައަކު ނަމޫނާއަކަށް ބަލަނީ މަޝްހޫރު މީހުންނެވެ. ބިލިއަނަރުންނެވެ. ބާރާއި ނުފޫޒު އެންމެ ގަދަ މީހުންނެވެ. ނަމަވެސް މިއީ މިކަން ކުރަން އޮތް ގޮތެއް ނޫނެވެ.

މުސްލިމުން އަބަދުވެސް ނަމޫނާއަކަށް ބަލަން ޖެހޭނީ އެންމެ ބޮޑަށް އިސްލާމް ދީނަށް އަމަލުކުރާ މީހުންނެވެ. ތަޤްވާވެރިކަމުގައި އެންމެ ކުރިއަރައިތިބި މީހުންނެވެ. ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ) ގެ ސުންނަތަށް އެންމެ ގަދައަށް އަމަލުކުރާ މީހުންނެވެ.

ހުރިހާ ދީނީ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކުގެ އަޑު ވެސް އަހަންވާނެއެވެ. ކޮންމެ ދަރުސަކީވެސް އެތައް ބައިވަރު ޢިލްމީ ވާހަކަތަކެކެވެ. ދީނީ މައުލޫމާތުތަކެކެވެ. އެހެންކަމުން އެ މައުލޫމާތުތައް ލިބިގަންނަން ވާނެއެވެ. ނަމަވެސް ނަމޫނާއަކަށް ވަކި ދީީނީ ޢިލްމުވެރިއަކު ހޮވާނަމަ އެބޭފުޅަކު އިސްލާމް ދީނަށް އަމަލުކުރައްވާ ވަރަށް ބަލަންވާނެއެވެ.

ައެހެނީ ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބޭނީ ދީނަށް އަމަލުކުރި ވަރަކުންނެވެ. ކިތަންމެ ގިނައިން ދީނީ ވާހަކަ ދެއްކި ނަމަވެސް އަމަލު ނުކުރާނަމަ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ. އިސްލާމް ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭނީ ކިޔައިދެވޭ ވާހަކަތަކެއްގެ ގޮތުގައެއް ނޫނެވެ. ހަމަ އެކަނި ލިޔެފައިވާ ފޮތްތަކެއްގެ ގޮތަކު ނޫނެވެ. އިސްލާމް ދީން ފޯރުކޮށްދޭންޖެހޭނީ ކުރާ އަމަލުތަކެއްގެ ގޮތުގައެވެ. އެކަން ކުރެވޭނީ އިސްލާމް ދީނަށް އަމަލުކުރާ މީހުން ގިނަވެގެންނެވެ. ހުރިހާ މުސްލިމުން އިސްލާމް ދީނަށް ޢަމަލުކޮށްގެންނެވެ. އެހެންކަމުން މި މަސްއޫލިއްޔަތަކީ ހުރިހާ މުސްލިމުންގެ ވެސް މަސްއޫލިއްޔަތެކެވެ.

- މެފްތީ މެންކްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް