އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިމީހާއަށް ބަދުބަސް ބުނުމުން، މަރުވުމަށްފަހު ހިމާރަކަށް ބަދަލުވީ މީހެއްގެ ވާހަަކަ

މައިމީހާއަށް ބަދުބަސް ބުނުމުން، މަރުވުމަށްފަހު ހިމާރަކަށް ބަދަލުވީ މީހެއްގެ ވާހަަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

މައިންބަފައިންނަށް ކިޔަމަންގަތުމާއި ބެހޭ ގޮތުން މުފްތީ މެންކުގެ ދަރުހެއްގައި އޭނާ ކިޔާދީިފައިވާ ވާހަކައެކެވެ.

"މިޒަމާނުގައި އުމުރުން އެންމެ ފަސް އަހަރުގެ ދަރިންގެ މައިންބަފައިން ވެސް، ރޮއެ ހިތާމަ ކުރަނީ އެމީހުންގެ ދަރިން އެމީހުންނަށް ކިޔަމަން ނުގަތުމުގެ ސަބަބުނެވެ. އުމުރުން އެންމެ ފަސް އަހަރުގެ ދަރިން ވެސް، މައިންބަފައިން އެއްޗެއް ބުނެފިނަމަ މޫނުމަތީގައި ބަސް ބުނާ ވާހަކައާއި، މަންމަ މިވެނި އެވެނި ކަމަކާއި ނުބެހޭށޭ ބުނާ ވާހަކައަކީ، އެމައިންބަފައިން ހިތާމައާއިއެކު ދައްކާ ވާހަކަތަކެކެވެ.

ތަރްޤީބް ޥަ ތަރްޙީބް ގައި ހާފިޒް އަލް މުމްދަރީ ލިޔުއްވާފައިވާ ވާހަކައެއް ކިޔައިދޭނަމެވެ. އޭގައި ހާފިޒް ލިޔުއްވާފައިވެއެވެ.

'އަވަށަކަށް އަހަރެން ޒިޔާރަތް ކުރި ފަހަރެކެވެ. އެއަވަށުގައި މަހާނައެއް ވެސް ބައިންދާފައި އިންތަން ފެނުނެވެ.

އެއްދުވަހު ޢަސްރު ނަމާދު ވަގުތަށްފަހު އެމަހާނަ ހުޅުވުނު ތަން އަހަންނަށް ފެނުނެވެ. މަހާނައިގެ ތެރެއިން ނިކުތީ ފިރިހެނެކެވެ. އިންސާނެއްގެ ހަށިގަނޑު ލިބިފައިވީ ނަމަވެސް، އޭނާގެ މޫނު ހުރީ ހިމާރެއްގެ މޫނު ފަދައިންނެވެ.

މަހާނައިން ނިކުތުމަށްފަހު، ތިން ފަހަރަށް އޭނާ ހިމާރެއްގެ އަޑުން، ހިމާރެއް ފަދައިން ގޮވިއެވެ. ތިން ފަހަރު މިފަދައިން އަޑުނެރުމަށްފަހު، އޭނާ އެނބުރި މަހާނައިގެ ތެރެއަށް ވަނެވެ. އަދި އެމަހާނަ ލެއްޕުނެވެ.

ލިބުނު ހައިރާންކަމާއެކު އަހަރެން އެއަވަށުގެ މީހުން ގާތު އެމީހާގެ ވާހަކަ އެހީމެވެ. އެއީ ކާކުތޯ އާއި މާތް ﷲ އޭނާއަށް އެފަދައިން އެއަޒާބު ދެއްވަނީ ކީއްވެތޯ އަހަރެން ސުވާލު ކުރީމެވެ.

އެމީހުން އަހަރެން ކައިރީގައި ބުނީ، މަހާނައިން ނިކުތް މީހާއަކީ ދުނިޔޭގައި ހުރިއިރު ވަރަށް ގިނައިން ރާ ބޮއެ، މަސްތުވާ ތަކެތި ބޭނުން ކުރި މީހެއް ކަމަށެވެ. އޭނާ ބައެއް ރޭތަކުގައި ގެއަށް ލަހުން ދާ ކަމަށެވެ. އަދި އޭނާ ގެއަށް ދަންދެން ކިތަންމެ ދަން ވިޔަސް އޭނާގެ މަންމަ އޭނާގެ އިންތިޒާރުގައި އިންނަ ކަމަށް ވެސް ބުންޏެވެ.

ގެއަށް އައިސް ވަންނައިރު، ދަރިފުޅު މަސްތުގައި ހުންނަތަން ފެނުމުން އެމައިމީހާގެ ހިތައް ކެތް ނުކުރެވިގެންނާއި ދަރިފުޅު ނަރަކައިގެ އަޒާބުން ސަލާމަތް ކުރުމަށްޓަކައި އެމަންމަ ނަސޭޙަތް ދޭން ފަށާ ކަމަށާއި ދުނިޔެއާއި އާޚިރަތުގައި ހެޔޮ މިންވަރު ލިބުމަށްޓަކައި އެއުޅުން ދޫކޮށްލާ މާތް ﷲ އަށް ތަޤްވާވެރިވުމަށް އެމައިމީހާ ނަސޭޙަތް ދިން ކަމަށް ވެސް އެމީހުން ކިޔައި ދިނެވެ.

މަސްތުކުރުވާ ތަކެތިން ދުރުހެލިވުމަށް އެމަންމަ ނަސޭޙަތްތެރިވިއެވެ. އަދި އެފަދަ އަމަލުތައް ޝައިޠާނާ އެދަރިފުޅުލައްވާ ކުރުވަނީ އެދަރިފުޅު އޭނާގެ މައްޗަށް ތަބަޢާ ކުރުވަން ކަމަށް ވެސް އޭނާގެ މަންމަ ނަސޭޙަތް ދިނެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތް ލިބުމަށް މަސައްކަތް ކުރުމަށާއި ނުބައި ޢަމަލުތަކުން ބަރީޢަ ވެގެން ހުރުމަށް ވެސް އޭނާގެ މަންމަ ނަސޭޙަތްތެރިވިއެވެ.

މިފަދަ ހެޔޮ ނަސޭޙަތްތައް އޭނާއަށް އޭނާގެ މަންމަ ދިނުމުން، ޖަވާބުގައި އޭނާ ބުނީ ކީކޭކަން އިނގޭ ހެއްޔެވެ؟

*މަންމާއޭ. ހިމާރެއްހެން ހަޅޭ ނުލަވާ ހުރެބަލާށޭ އެވެ!*

މިހާރު އޭނާއަށް ވަނީ އެފަދައިންނެވެ. އޭނާ މިދުނިޔެއަށް އުފަން ކުރުވި މައިމީހާއާއި ހިމާރަކާ އެއްފަދަ ކުރުމުން، މާތް ﷲ ގެ އަޒާބު މިވަނީ އޭނާއަށް ޖެހިފައެވެ. މިއީ ވިސްނާ ފިކުރު ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް އިބުރަތެއް ހާސިލް ކުރެވޭނެ ވާހަކައެކެވެ.' "



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ