އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ ނިޝާންތާ ގުޅޭގޮތުން ހޯޑެއްދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި

އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ ނިޝާންތާ ގުޅޭގޮތުން ހޯޑެއްދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ގދ.ހޯޑެއްދޫ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ގްރޭޑް 7,8 އަދި ގްރޭޑް 9ގެ ދަރިވަރުނަށް މަޢުލުމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ގދ.ހޯޑެއްދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ި، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ ނިޝާންތަކަކީ ކޮބައިކަމާއި އެނިޝާންތަކުގެ ބޭނުމަކީ ކޮބައިކަމާއި ޓްރެފިކްގެ ނިޝާންތަކަށް ޢަމަލުކުރުމުގެ މުހިންމުކަަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާއި އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާއި ދަރިވަރުންގެ ފެންވަރުގައި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންެވެސް މަޢުލޫމާތު ދީފައިވެއެވެ

މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ވޯޓް ސެކިއުރިޓީ އަށް ގދ.ހޯޑެއްދޫގައި ހަރަކާތްތެރިވާ ފުލުހުންނާއި މަޑަވެލީ ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވާ ފުލުހުންނެވެ.

ޙަބަރު ޕޮލިސް

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ