އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން 10 އަހަރުގެ ޞަޙާބީއަކު ކުށްވެރިކުރަން ދޮންބައްޕަ ދޮގު ހުވާކުރަން އުޅުމުން ވަގުތުން ވަޙީބާވައިލެއްވެވި ގޮތުގެ ވާހަކަ

އުމުރުން 10 އަހަރުގެ ޞަޙާބީއަކު ކުށްވެރިކުރަން ދޮންބައްޕަ ދޮގު ހުވާކުރަން އުޅުމުން ވަގުތުން ވަޙީބާވައިލެއްވެވި ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

މިއީ ޢުމުރުފުޅުން އެންމެ 10 އަހަރުގެ ޢުމައިރު ބުން ސަޢުދު (ރޢ) ގެ ވާހަކައެވެ. ޢުމައިރު އަކީ މަދީނާގެ ވަރަށް ފަޤީރު ބައްޕައެއްގެ ދަރިކަލެކެވެ. ވަރަށް ތުއްޕުޅުއިރު ބައްޕަ ވަނީ ނިޔާވެފައެވެ.

ފިރިކަލުން ނިޔާވުމުން ޢުމައިރުގެ ވަރަށް ތުއްޕުޅުއިރު މަންމާފުޅު ކައިވެނި ބައްލަވައިގަތީ ޖުއްލާސް ބުން ސުވައިދު ކިޔާ މަދީނާގެ ވަރަށް މުއްސަނދި މީހަކާއިއެވެ.

ޢުމައިރުގެ ޢުމުރުފުޅުން އެންމެ 10 އަހަރުގައި ދޮންބައްޕަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ނިޞްބަތްކޮށް ކުފްރުގެ ބަސްތަކެއް ބުންޏެވެ. އެކަން ޢުމައިރުއަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އެއްކޮޅުގައި ބަލައި ބޮޑުކުރި ދޮންބައްޕައެވެ. އަނެއްކޮޅުގައި ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާއެވެ.

ޢުމައިރު ނިންމެވީ ރަސޫލާ (ޞޢވ) އަށް އެކަމުގެ ވާހަކަތައް ދެންނެވުމަށެވެ. ދެންނެވުމުން ދޮންބައްޕަ ވަގުތުން ޙާޒިރުކުރައްވައި ސުވާލު ކުރެއްވެވިއެވެ. ސުވާލު ކުރެއްވެވުމުން އޭނާ ހެދީ ދޮގެވެ. ޢުމައިރު އެ ވިދާޅުވަނީ އިތުރުފުޅުކަމަށް ދަންނަވައި ﷲ ގަންދީ ހުވާކުރަން ތައްޔާރަށް ހުރިކަމަށްވެސް ދެންނެވިއެވެ.

އެހިނދު ޢުމައިރުގެފާނަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގެންނެވިއެވެ. ހަމައެވަގުތު، ވަގުތުން ﷲ ތަޢާލާ ތައުބާ ސޫރަތުގެ 74 ވަނަ އާޔަތް ބާވައިލެއްވެވިއެވެ. ދޮންބައްޕަ އެހަދަނީ ކަނޑައެޅިގެން ދޮގުކަމާއި ތުއްޕުޅު ޢުމައިރުގެފާނު ވިދާޅުވީ ޙައްޤު ބަސްފުޅުކަން ބަޔާންކޮށްދެއްވެވިއެވެ.

"އެއުރެން (ބުނި ނުބައި ބަސްތައް) ނުބުނާކަމަށް، ﷲ ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، ކުފްރުގެ ބަސް އެއުރެން ބުނެފައިވެއެވެ. އަދި އިސްލާމްވުމަށްފަހު، އެއުރެން ކާފިރުވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ؛ ރާވައިގެން ކީރިތި ރަސޫލާ (ޞޢވ) އަވަހާރަކޮށްލުމަށް) ޤަޞްދުކޮށް އުޅުނޫއެވެ. ﷲ ގެ ފަޟްލްވަންތަކަމުން، ﷲ އާއި، އެކަލާނގެ ރަސޫލާ، އެއުރެން (އެބަހީ: މުއުމިނުން) މުއްސަނދިކޮށްދެއްވެވިކަން ނޫން އެހެން ކަމަކާއިމެދު އެއުރެން ރުޅިއެއް ނާދެއެވެ. ފަހެ، އެއުރެން ތައުބާވާނަމަ، އެއުރެންނަށް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެއުރެން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބަކުން، ﷲ އެއުރެންނަށް ދެއްވަވާނެތެވެ. އަދި ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިއަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެއެވެ." (ތައުބާ ސޫރަތް- 74)
މިއީ މިއަދުގެ ޒުވާނުން ޢިބްރަތް ލިބިގަންނަން ވަރަށް މުހިންމު ޙާދިސާއެކެވެ. މިއަދުވެސް މިތިބީ މުސްލިމް ޒުވާނުންނެވެ. ހާލު ހުރިގޮތާއިމެދު އިންތިހާއަށް ހިތާމަކުރަންޖެހެއެވެ.

ހާދިސާގެ އިތުރު ތަފްޞީލް އައްޝައިޚް އާދަމް ނިޝާންގެ ދަރުސުން- ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް