އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

100 ރުފިޔާއަށްވުރެ ކުޑަކޮށް ހުޅުލެ، ހުޅުމާލެއަށް ދަތުރުކުރެވޭކަށް ނެތް: ސެންޓަރުތައް

100 ރުފިޔާއަށްވުރެ ކުޑަކޮށް ހުޅުލެ، ހުޅުމާލެއަށް ދަތުރުކުރެވޭކަށް ނެތް: ސެންޓަރުތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު


ހުޅުމާލެއަށް ދަތުރުކުރުމުގެ އަގު ސަރުކާރުން ކަނޑައެޅީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެންމެ ކުޑަމިނުން 100 ރުފިޔާއަށްވުރެ ކުޑަކޮށް ހުޅުލެ، ހުޅުމާލެއަށް ދަތުރުކުރެވެންނަތްކަމަށް 2 ޓެކްސީ ސެންޓަރާއި އަމިއްލަ 10 ޓެކްސީ ދުއްވާ މީހަކު ބުނެފިއެވެ.

"އަޅުގަނޑަކީ މާލޭގައި ހިންގާ އެންމެ ދުވަސްވީ 2 ޓެކްސީ ސެންޓަރުގެ ވެރިމީހާ. އަޅުގަނޑުގެ އަމިއްލަ 10 ކާރު ޓެކްސީ ކުރޭ. އެކަމަކު ހަމަ ގައިމުވެސް އަޅުގަނޑަކާ މަޝްވަރާއެއް ނުކުރޭ."
އިތުރު ޓެކްސީ ސެންޓަރަކުން ބުނީ އަގު ކަނޑައަޅަން ޓްރާންސްޕޯޓް އޮތޯރިޓީން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއްގައި އެސެންޓަރުގެ އިސް ވެރިއަކު ބައިވެރިވި ކަމަށާއި ނަމަވެސް އަގު އިއުލާނުކޮށްފައި އެވަނީ އެއްބަސްވި ގޮތަށް ނޫން ކަމަށެެވެ.

"މާލޭގެ ގެއަކުން ނޫނީ ސަރަހައްދަކުން ބްރިޖް ފެށޭ ހިސާބަށް ދިއުމަކީ މާލޭގައި ކުރާ ދަތުރެއް. އެ ދަތުރަށް 25 ރުފިޔާ އެބަ ނަގަމު. ދެން ކިހިނެއްތޯ ބާކީ 15 ރުފިޔާއަށް ހުޅުމާލެއަށް ދާނީ؟ ނުކުރެވޭނެ އެކަމެއް!"

"މާލޭގަ ކުރާ ދަތުރަކަށް ނަގާނީ ގިނަވެގެން ،15 20 މިނިޓް. އަގަކީ 25 ރުފިޔާ. މާލޭގައި ޢާންމު ގޮތެއްގައި ދަތުރެއް ނުލިބިގެން ހުހަށް ކާރު ދުއްވާކަށް ނުޖެހޭނެ. ދަތުރު ނިމޭތަނުން ދަތުރެއް ލިބޭނެ. ކާރުގައި އިން މީހާ ހުއްދަދޭނަމަ އިތުރު މީހުން އަރުވައިގެންވެސް ދަތުރުކުރެވޭނެ. ހުޅުމާލެއަށް ގޮސްފަ އަންނަން ޖެހެނީވެސް ހުހަށް. ވީމާ މިހުރިހާ ގޮތަކަށް ބެލި ނަމަވެސް ހުޅުމާލެއަށް އެންމެ ހެޔޮ އަގުގަ ވެސް ދަތުރެއް ކޮށްދެވޭނީ ހަމަ 100 ރުފޔާއަށް. އެއަށްވުރެ ކުޑަކޮށް ކޮށްދެވޭކަށް ނެތް." ކަމަށްވެސް އެ ސެންޓަރުން ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް