އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓް މުއައްސަސާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަޙްޤީޤް ކޮށްފިންތޯ؟: މާރިޔާ

ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓް މުއައްސަސާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަޙްޤީޤް ކޮށްފިންތޯ؟: މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު


"ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓް މުއައްސަސާއެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވި މައްސަލަ ފުލުހުން ތަޙްޤީޤް ކޮށްފިންތޯ؟" އިބޫގެ ރަސްމީ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ މީޑިއާ މެދުވެރި ކުރައްވައި ފުލުހުންނާއި ސުވާލު ކުރައްވައފިއެވެ.

"ނައިބް ރައީސްކަމުގައި ހުންނެވި އަޙްމަދު އަދީބު ހައްޔަރު ކުރެއްވުމަށްފަހު ރައީސް ޔާމީނު އަރުއްވައި ޢާންމުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވެފައި އޮންނާނެ ފުލުހުންގެ މުއައްސަސާއަކީ ކޮރަޕްޓް މުއައްސަސާއެއް ކަމަށް. ފުލުހުންގެ އަގު އެންމެ ބޮދަށް ވެއްޓޭނެ ކަމަކީ ޤައުމެއްގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ނުކުންނަވައި އެ މުއަސަސާވަނީ ކޮރަޕްޓްވެފަ ކަމަށް ބުނުމުން.

އެހެންވީމާ އަޅުގަނޑުމެން ބޭނުންވޭ އެކަމާއި ގުޅިގެން ފުލުހުން ކުރެއްވި ތަޙްޤީޤަކާއި، އަދި އަޅުގަނޑުމެންނަށް ފެނުނު އެއިރު ސީޕީއަކަށް ހުންނެވި ޙުސައިން ވަޙީދު ބަދަލުކުރިތަންވެސް. އަދި މިނޫން އެތައް ބަދަލުތަކެއް އެތަނަށް އައިތަންވެސް ފެނިގެންދިއަ. އަޅުގަނޑުމެން ބޭނުންވާ އެގޮތުން ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުލަކުނަމަވެސް އެކަން ތަޙްޤީޤް ކުރެވުނުތޯ އާ އަދި މިއީ އެމަނިކުފާނު ޤަޞްދުގަ ވިދާޅުވި އެއްޗެއްތޯ ނުވަތަ އެމަނިކުފާނު ޢާންމުންނަށް އިތުރުފުޅު ހެއްދެވީތޯ ވެސް ފުލުހުން އަޅުގަނޑުމެންނަށް ޔަޤީންކޮށްދެއްވަން."
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ މިއަދު ވިދާޅުވެފައިވެއެވެ.

މާރިޔާ މިމޭރުމުން ވިދާޅުވީ ނ. މާޅެންދޫގައި އިއްޔެ އިބޫ ދެއްކެވި ވާހަކަފުޅުގައި ދޯންޏެއް އަޑިއަށް ދިއުމާއިބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގެ މައްސަލަ ފުލުހުން ތަޙްޤީޤް ކރާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ޝިފާން ވިދާޅުވުމާއި ގުޅިގެންނެވެ.

މާރިޔާ ވިދާޅުވީ އިބޫ އެވާހަކަފުޅު ދެއްކެވީ ފުލުހުންނާއިމެދު ޤަޞްދުގައި ނަފުރަތު އުފައްދަން ކަމަށް ފުލުހުން ބުނި ނަމަވެސް އިބޫ އެ ވާހަކަފުޅު ދެއްކެވީ އެފަދަ އެއްވެސް ނިޔަތެއްގައި ނޫން ކަމަށެވެ. މިފދަ ކަންކަމުގެ ފުރިހަަމަ މައުލޫމާތު ފުލުހުންގެ ކިބައިން ލިބެނީ ޢާންމުންގެ ފަރާތުން ލިބޭ މިފަދަ މައުލޫމާތު ހާމަކުރުމުން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް