އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދީބު ދައްކަނީ ހަޤީޤީ ވާހަކަތަކެއް ކަމަށްވާނަމަ ތައުބާ އިއުލާނު ނުކުރަނީސް އިސްލާމީ ޤައުމެއްގެ ވެރިކަމަށް ޝަރުޠު ހަމައެއް ނުވާނެ: ޑރ. އިޔާޟް

އަދީބު ދައްކަނީ ހަޤީޤީ ވާހަކަތަކެއް ކަމަށްވާނަމަ ތައުބާ އިއުލާނު ނުކުރަނީސް އިސްލާމީ ޤައުމެއްގެ ވެރިކަމަށް ޝަރުޠު ހަމައެއް ނުވާނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

އަދީބު ދައްކަނީ ހަޤީޤީ ވާހަކަތަކެއް ކަމަށްވާނަމަ ތައުބާ އިއުލާނު ނުކުރަނީސް އިސްލާމީ ޤައުމެއްގެ ވެރިކަމަށް ޝަރުޠު ހަމައެއް ނުވާނެ: ޑރ. އިޔާޟް

ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ދައްކަނީ ހަޤީޤީ ވާހަކަތަކެއް ކަމަށްވާނަމަ ތައުބާ އިއުލާނު ނުކުރަނީސް އިސްލާމީ ޤައުމެއްގެ ވެރިކަމަށް ޝަރުޠު ހަމައެއް ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ''ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ރައީސް ޔާމީނާ ގުޅޭގޮތުން ކުރައްވާފައިވާ ތުހުމަތު ތަކަކީ ހަގީގަތެއް ކަމަށްވާނަމަ، އެކަމުން ތައުބާވެ، ތައުބާ އިއުލާން ނުކުރާނަމަ އިސްލާމީ ގައުމެއްގެ ވެރިކަމަށް ވާދަކުރުމުގެ ޝަރުތު ހަމައެއްނުވާނެ، އަދި ވެރިކަމުގައި ދެމިހުރުމުގެ ސހަރުތުވެސް ހަމައެއްނުވާނެ'' ކަމަށެވެ.

ޑރ.އިޔާޒް މިހެން ބުނެފައިވަނީ ކުރީގެ ނައިބުރައީސް އަދީބް މިއަދު ނެރުއްވި ބަޔާނަކާގުޅިގެންނެވެ.

އެބަޔާނުގައި އަދީބް ބުނެފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ލަންކާ މީހަކާއި ލަންކާ ހާމުދުރަކާއެކު ބޭއްވި ބައްދަލުވުމެއްގައި އަދީބު ވެސް ބައިވެރި ކުރުވިކަމަށެވެ.

"އެހާމުދުރު ރައީސް ޔާމީންގެ ދެއަތްތިލަ ވަރަށް ގިނައިރު ބެލުމަށްފަހު ބުނެފައިވަނީ ރައީސް ޔާމީނަކީ ކަލާންގެތަކުގެ ދަރިއެއްކަމާއި ވަރަށް ބޮޑެތި ބާރުތައް ލިބޭނެ ކަމާއި، އެއްވެސް ފަރާތަކަށް ބަރޯސާނުވެ، ކުރިއަށްދެވޭނެކަމާއި ކުރަންޖެހޭނެ ކަމަކީ ސިންގާއެއްގެ ހިތްވަރާ ރުޅިވެރިކަމާއެކު ގިނަގިނައިން ރައްޔިތުން ކުރިމަތީ މުހާތަބުކޮށް ވާހަކަދައްކާ، ރައްޔިތުންނަށް ބިރުވެރިކަން ދެއްކުމުން ވަރަށް ބޮޑަށް ތާއީދު އިތުރުވެ، ބާރުތައް ގަދަވާނެކަމަށެވެ،" އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީން އެ ހާމުދަރަށް ގިނަ އަދަދަކަށް ފައިސާދިން ކަމަށެވެ. އަދި އިމންތިހާބު ކާމިޔާބު ވުމުން އސޭލާ ނަމަކަށް ކިޔާ މީހަކަށް ލަންކާގެ އެމްބަސީއެއް ވަޒީފާ ދޭނެ ކަމަށް ޔާމީން ވިދާލުވެފައިވާ ކަމަށާއި އިންތިހާބުގެ މަހެއް ފަހުން އަދީބާ ވަކިން ބައްދަލުކޮށް ކާމިޔާބުވީ ހާމުދުރު ބުނި އެތައް ކަމެއް ކޮށްގެން ކަމަށާއި ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށްވެސް ބަޔާނުގައިވެއެވެ.

"އޭގެފަހުން ދޭތެރެ ދޭތެރެއިން ހާމުދުރުން ރާއްޖެ ގެނެސް މުޅި މާލެއާ، މުލިއާގެ، އާރަށް ބަލާ އަދި ރައީސް ޔާމީންގެ އަތްބަލާ ހަށިގަނޑު ޗެކް ކުރުމަށްފަހު އެކިއެކިކަންތައް ތަންފީޒު ކުރުމަށް ރައީސް ޔާމީނަށް އަންގައެވެ،" އަދީބު ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދީބް މިއަދު ނެރުއްވި ބަޔާން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު