އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއިން ވަކި ކުރި ނަމަވެސް ބިރެއް ނެތް - މުސްތަޤްބަލު އޮތީ އެމްޑީޕީ އާއެކު: ކުޑަފަރީ ޓީޗަރުން

ވަޒީފާއިން ވަކި ކުރި ނަމަވެސް ބިރެއް ނެތް - މުސްތަޤްބަލު އޮތީ އެމްޑީޕީ އާއެކު: ކުޑަފަރީ ޓީޗަރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ވަޒީފާއިން ވަކި ކުރި ނަމަވެސް ބިރެއް ނެތް ކަމަށާއި މުސްތަޤްބަލު އޮތީ އިދިކޮޅު ކޯލިޝަން އަދި އެމްޑީޕީ އާއިއެކު ކަމަށް ބުނެ ކުޑަފަރީ ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަށް މަރުހަބާ ކިޔަން ނުކުމެ އަދި ބައްދަލުވުމުގައިވެސް ބައިވެރިވެއްޖެއެވެ.

ބައްދަލުވުން ތަޢާރަފްކުރި ޓީޗަރު ބުނީ ވަޒީފާ ގެއްލުނު ނަމަވެސް ބިރެއް ނެތް ކަމަށާއި ވަޒިފާ ގެއްލުނު ނަމަވެސް އަނބުރާ ލިބޭނެކަމަށް އިބޫ ވެވަޑައިގެންފައިވާ ވައުދަށް އިތުބާރުކުރާ ކަމަށެވެ. އަދި ވަޒީފާ އަނބުރައި ނުލިބުނު ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ. "އަހަރެމެން ހުރިހާ ޓީޗަރުން ވަކިކޮށްފަ ޖެހޭނީ ސްކޫލް ބަންދުކުރަން."

ޓީޗަރުން ބުނީ ޓީޗަރުންގެ އިތުރުންވެސް ގިނަ އަދަދެއްގެ ސިިލް ސަރވިސް މުވައްޒިފުން އިބޫއަށް މަރުޙަބާކިޔަން ނުކުތް ކަމަށާއި ބައްދަލުވުމުގައި ވެސް ބައިވެރިވި ކަމަށެވެ.

އޭނާ ބުނީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ޓީޗަރުންނަށްވެސް ނުކުންނަން ޖެހުނީ ގިނަ ކަންތައްތަކެއް އިޞްލާޙު ނުކުރެވި ހުރުމުން އިޞްލާޙުކުރަން މަސައްކަތްކުރަންޖެހޭތީ ކަމަށެވެ. އަދި އެކަންކަން އިޞްލާޙް ކުރެވި ހާލަތު ބަދަލު ކުރެވޭނީ ރާއްޖޭގެ ވެރިކަން ބަދަލުކޮށްގެން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް