ތިނަދޫގައި އާދީއްތަ ދުވަހު މުދަލު ޒަކާތް ބަހަނީ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 27 ސިކުންތު

މިދިޔަ އަހަރު މުދަލު ޒަކާތުން ކަނޑައެޅުނު ބައިން، ގދ. ތުނަދޫގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މުދަލު ޒަކާތް އަންނަ އާދީއްތަ ދުވަހު ދޫކުރަން ނިންމައިފިއެވެ.

އެގޮތުން އެދުވަހު ޒަކާތްބަހަން ނިންމާފައިވަނީ ހެނދުނު 8:00 ން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:30 ން ހަވީރު 16:30 އާއި ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ތިނަދޫ މީޑިއާ ސެންޓަރުގައި އެމަސައްކަތް ކުރިއަށްދާއިރު، މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ބޮލަކަށް 1000 ރުފިޔާގެ މަގުންނެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ