ރައީސް ޔާމީނުގެ ސަޕޯޓަރުން ކުރާ އެއްވެސް ކަމެއްގެ މައްސަލަ ތަޙްޤީޤްކުރާކަމުގެ މައުލޫމާތު ލިބިފައެއް ނެތް: އަނަސް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ރައީސް ޔާމީނުގެ ސަޕޯޓަރުން ޤާނޫނާ ޚިލާފަށް ކުރާ އެއްވެސް ކަމެއްގެ މައްސަލަ ތަޙްޤީޤްކުރާކަމުގެ މައުލޫމާތު މިހައިތަނަށްވެސް ލިބިފައި ނުވާކަމަށް ޤާނޫނީ ވަކީލު އަނަސް ޢަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

މއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނަސް ވިދާޅުވީ ފުލުހުން އަބަދުވެސް ވާހަކަ ދައްކަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ނުވަތަ އިބޫގެ ސަޕޯޓަރުންނާއި ގުޅުވައިގެން ކަމަށެވެ.

އަނަސް ވިދާޅުވީ އިބޫގެ ހަށިކޮޅަށް ކަޅުތެޔޮ ޖެހި މީހާ ހޯދައި މައްސަލަ ބަލަން އުޅޭކަން އެނގިފައި ނެތް ކަމަށާއި ރައީސް ނަޝީދުގެ ކަރު ބުރިކުރަން ގޮވައިލި އަންހެން މީހާގެ މައްސަލަ ބަލަން އެއްވެސް ކަމެއް ކުރިކަންވެސް އެނގިފައި ނުވާ ކަމަށެވެ. މިނޫންވެސް ފުލުހުން ބަލަން ޖެހޭ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި ފުލުހުންގެ އިލްތިމާސް އާއި ޚިލާފަށް ރައީސް ޔާމީނުގެ ކެންޕޭނަށް ދިދަފަތިތައް ދެމުމުން ވެސް ފުލުހުންނަށް ކުރެވޭ ކަމެއް ނުއޮންނަ ކަމަށެވެ.

އަނަސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ފެށުނު ފަހުން ފުލުހުން ދީފައިވާ ނޫސް ބަޔާންތަކުގައި ދެ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތުތައް ދޭނެކަމުގެ ޔަޤީންކަން ދީފައި ނުވާ ކަމަށާއި އަދި އަމަލުތަކުން ވެސް އެކަން ނުފެންނާނީ ކަންބޮޑުވާންޖެހޭ ކަމަށެވެ.

އަނަސްގެ ވާހަކަފުޅު (އޯޑިއޯ):

ޚަބަރާއިގުޅޭ ލިޔުންތައް

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް