އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބޫ ފޯކައިދޫ "ޖަލު" ހުޅުއްވައި 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފި

އިބޫ ފޯކައިދޫ "ޖަލު" ހުޅުއްވައި 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)، ށ. ފޯކައިދޫ "ޖަލު" ހުޅުއްވައި ދެއްވައި ޖަލުގައި ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ 4 ލީޑަރުން "މިނިވަންކޮށް" ދެއްވައިފިއެވެ.

މިހަރަކާތަކީ އިބޫ އެރަށަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ކުރިއަށް ގެންދިއަ ޙަރަކާތތަކުގެ ތެރެއިން އެރަށުގެ ރައްޔިތުން ކުރިއަށް ގެންދިއަ ހަރަކާތެކެވެ.

ރައްޔިތުން ހުރީ ޖަލުގޮޅިއެއް ހަދައިފައެވެ. އަދި އެގޮޅީގައި ވަނީ 4 ލީޑަރުން ތަމްސީލުކުރާނެ 4 މީހަކު ހައްޔަރުކޮށްފައެވެ. އިބޫ ވަނީ އެ ޖަލު ހުޅުއްވައި ދެއްވައި 4 ލީޑަރުން މިނިވަން ކުރައްވައިފައެވެ.

އެ ރަށުގެ ރައްޔިތުން ބުނެފައިވަނީ މިއީ އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު 4 ލީޑަރުން، މާތް ﷲ ވާގިފުޅާއިއެކު މިނިވަން ކުރައްވާނެކަން ތަމްސީލުކުރުމަށް އިންތިޒާމުކުރި ޙަރަކާތެއް ކަމަށެވެ.

ފޯކައިދޫން ވަނީ އިބޫއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މިރޭ އެރަށުގައި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







ސަބުނަމް 2018-09-11 20:51:04

ﷲ އަކުބަރު ހާދަ އުފާވެރި ޚަބަރެކޭ ތިކަން ޙަޤީޤަތަކަށް ވާނެ ދުވަހަކަށް ކެތްމަދުވެފައި މިތިބީ

ހިނި 2018-09-11 20:52:59

އުފެއްދުންތެރި ބަުަކު ތިބިރަށެއް އިނގޭ


އަބްދުއްލަތީފް