އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިނަދޫ ޖެޓީ ސަރަޙައްދުން "ސިހުރު" ހަދާފައިވާ އެއްޗެއް ފެނިއްޖެ

ތިނަދޫ ޖެޓީ ސަރަޙައްދުން "ސިހުރު" ހަދާފައިވާ އެއްޗެއް ފެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ގދ. ތިނަދޫ ޖެޓީ ސަރަޙައްދުން ކަފުން ކޮށްފައިވާ އެއްޗެއް ފެނިގެން، އެކަން ފުލުހުން ބަލަމުން އެބަ ގެންދެއެވެ.

ނަން ހާމަ ނުކުރުމަށް އެދި "މިއަދުނޫހަށް" މައުލޫމާތު ދިން މީހަކު ބުނިގޮތުގައި، ކަފުން ކޮށްފައިވާ އެއެއްޗަކީ "ސިހުރު" ހަދާފައިވާ އެއްޗެއް ކަމަށް ޝައްކު ކުރެވެއެވެ.



ތިނަދޫ ޖެޓީ ސަރަޙައްދުން ސިހުރު ކަމަށް ލަފާ ކުރެވޭ އެއްޗެއް ފެނުމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި އެކަން މިވަގުތު ބަލަމުންދާ ކަަމަށެވެ. އަދި މިވަގުތު އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ތިނަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އަސްއަދު ވިދާޅުވީ އެއެއްޗެހީގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އިން ފެނިފައިވާ ކަމަށާއި އިތުރު އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލާނީ ފުލުހުން ކަމުގައި ވެސް އަސްއަދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ