12 މެންބަރުންނަށް ކުރި އަނިޔާއަށް ދާއިރާތަކުގެ ރައްޔިތުން ބަދަލު ހިފާނީ ވޯޓުގެ ނަތީޖާއިން: ސައުދު

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާކަމަށް ބުނާ 12 މެންބަރުންނަށް ރައީސް ޔާމީނު ކުރެއްވި އަނިޔާތަކުގެ ބަދަލު ދާއިރާތަކުގެ ރައްޔިތުން ހިފާނީ 23 ވަނަ ދުވަހު ލާ ވޯޓުގެ ނަތީޖާއިން ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސައުދު ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލުވުމުގައި އިސްކޮށް ހުންނެވީ ތިމަން މަނިކުފާނު ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް ވިދާޅުވުމުން އެކަން ހިނގައިގެން އުޅޭ ގޮތް ދާއިރާތަކުގެ ރައްޔިތުންނަށް މިހާރު ވަނީ ވަރަށް ސާފުކޮށް އެނގިފައި ކަމަށެވެ.

ސައުދު ވިދާޅުވީ އެއީ ކުރެއްވި ވަރަށް ފަޚުރުވެރި ކަމެއް ކަމަށް ރައީސް ޔާމީނު ވިދާޅުވިއިރު އެއީ 60،000 ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށެވެ.

"12 ދާއިރާގެ ރައްޔިތުން ވެސް ވޯޓު ދޭނީ ކޯލިޝަނަށް. ނަތީޖާ ބައްލަވަން 23 ވަނަ ދުވަހުގެ ރޭ ޓީވީ ބައްލަވަން އިންނަވާ. އެއިރުން އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ ނިންމުން ވަރަށް ރަނގަޅަށް." ސައުދު ވިދާޅުވިއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް