އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕަ އަހަރެން ފިއްސާލީ ކާން އިންދާ!

ބައްޕަ އަހަރެން ފިއްސާލީ ކާން އިންދާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ހައިދަރްއާބާދު- އިންޑިއާގެ ހައިދަރްއާބާދުގައި އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ހޫނު އުނދުޅިއެއް ޖައްސާ ފިއްސާލާ، އެކުއްޖާއަށް އެކި ވަރުގެ އަނިޔާތައް ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެކުއްޖާއަށް އެއަނިޔާތައް ދީފައިވަނީ އޭނާގެ އަމިއްލަ މަންމައާއި މަންމަގެ ލޯބިވެރިޔާއެވެ.

އެކުޑަ ކުއްޖާ ސަލާމަތް ކޮށްފައިވަނީ އެންޖީއޯ އެއްގައި މަސައްކަތް ކުރާ މީހުންތަކެއް އެގެއަށް ގޮސްގެން ކަމަށް އެނގިފައިވެއެވެ.

"ބައްޕަ އަހަރެން ފިއްސާލީ ކާން އިންދާ" ބަފައެއްގެ ލަގަބު ދީފައިވާ، އެކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަންކުރިގޮތް އެއެންޖީއޯގެ މީހުންނަށް ކިޔައިދެމުން އެކުއްޖާ ބުންޏެވެ. އެކުއްޖާއަށް އަނިޔާވެރިވީ މީހުން ހެދިގޮތް ކިޔައި ދިނުމުން އެންޖީއޯ ގެ މީހުންވެސް ތިބީ ފެންކަޅި ވެފައެވެ.

އެކުޑަ ކުއްޖާއަށް އެމީހުން އަނިޔާ ކުރަމުން ދަނިކޮށް، އެކަން އެންޖީއޯ ގެ ސަމާލުކަމަށް ގެންދިޔައީ އެކުއްޖާގެ އަވަށްޓެރިންނެވެ. ކުޑަ ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ކުއްޖާގެ މަންމައާއި އޭނާގެ ބައިވެރިޔާގެ މައްޗަށް މިހާރުވަނީ ދައުވާ އުފުލާފައެވެ.

މިހާތަނަށް ހިންގި ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި އެކުއްޖާގެ މަންމަ ވަނީ އޭގެ ވަރަށް ދުވަސް ކުރިން އެކުއްޖާގެ ބައްޕައާއި ކުރި ކައިވެނީގެ ގޮށް މުހާލާ އެހެން ފިރިހެނަކާއެކު ދިރިއުޅެން ފަށާފައެވެ. އެކުއްޖާގެ މަންމައާއި، މަންމަގެ ލޯބިވެރިޔާ އާއި ދެމެދު ކިރިޔާވެސް ދެބަސްވުމެއް ހިނގައިފިނަމަ އެމީހުން އެކުއްޖާއަށް އަނިޔާ ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ