އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަޔަކާއި ދަރިއަކަށް އަނިޔާވެއްޖެ

ފޮނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަޔަކާއި ދަރިއަކަށް އަނިޔާވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ލ. ފޮނަދޫ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މަޔަކާއި ދަރިއަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ އެރަށުގައި ހުންނަ ޕަބްލިކް ވޯކްސް އިން ނިކުތް ލޮރީއެއް، އަންހެނަކު ދުއްވަން އިން ސައިކަލެއްގައި ޖެހިގެންނެވެ. އެނގިފައިވާ ގޮތުގައި އަންހެން މީހާ ދުއްވަން އިން ސައިކަލު ފަހަތުގައި އޭނާގެ ދަރިފުޅު ވެސް އެއިރު އިނެވެ. ސައިކަލު އޮތީ ލޮރީގެ ދަށަށް ވަދެފައެވެ.

މަންޒަރު ދުއް ބައެއް މީހުން ބުނެފައިވާ ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވި މައިމީހާއާއި ދަރިއަށް ފޮނަދޫ ސިއްޙީ މަރުކަޒުން ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ދަރިފުޅަށް މާބޮޑު އަނިޔާއެއް ނުލިބުނ ކަމުގައި ވިޔަސް، އަންހެން މީހާއަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

ފުލުހުންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން، މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ..

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް