އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަހައް އެމްއެންޔޫ މެޑިސިން ސްކޫލްގައި ކިޔަވައި ދޭން ފަށަނީ

މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަހައް އެމްއެންޔޫ މެޑިސިން ސްކޫލްގައި ކިޔަވައި ދޭން ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) މެޑިސިން ސްކޫލްގެ އެންމެ ފުރަތަމަ އެމްބީބީއެސް ކޯސް މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީގެ ސިލަބަސް ބެނުންކޮށްގެން މިމަހުގައި ފަށާ ގޮތަށް ހަމަޖައްސައި، އެއްބަސް ވުމުގައި ސޮއިކޮށްފިއެެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މެލޭޝިޔާގެ ގައުމީ ޔުނިވާސިޓީ ކަމަށްވާ ކެބެންސާން ޔުނިވާސިޓީގެ ސިލަބަސް ބޭނުންކުރުމަށާއި އެމްއެންޔޫ މެޑިސިން ސްކޫލްގެ މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒެވެ. އަދި މެލޭޝިޔާ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މަރުޒުކީ މުހައްމަދު މުސްތަފާ އެވެ.

ޑރ. ފަވާޒް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ، އެމްއެންޔޫ މެޑިސިން ސްކޫލްގައި ކިޔަވައިދޭނެ ލެކްޗަރާއިން އާ ސިލަބަހައް އަހުލުވެރިކުރެއްވުމަށް ތަމްރީންތަކެއް ކުރިޔަށްދާނެ ކަމަށެވެ. އަދި އެ ތަމްރީންތައް ނިމުމަށް ފަހު މިމަސް ނިމުމުގެ ކުރިން ދިވެހި ރާއްޖޭގެ އެންމެ ފުރަތަމަ އެމްބީބީއެސް ކޯހުގެ ކޮޔެވުން ފަށާނެކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު އެ ކޯހައް ވަނީ 38 ދަރިވަރުން ޝޯޓް ލިސްޓް ކުރެވިފައި އެވެ. ނަމަވެސް ދަރިވަރުނަގެ އަދަދު ކަށަވަރުކުރެވެނީ އިންޓަވިއު އަކަށް ފަހުއެވެ.

މި ކޯސް ހިންގަން ނިންމާފައި ވަނީ 25 ބުއިއަށް އިމާރާތް ކޮށްފައިވަ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯގައި އެވެ. ނަމަވެސް މެޑިކަލް ސްކޫލަށް ބޭނުންވާ ބައެއް ސާމާނު އަދި ހަމަވެފައި ނުވާތީ، އެމްއެންޔޫ ސައިންސް ލެބް މެޑިކަލް ލެބްއަކަށް ބަދަލުކުރުމަށްފަހު، އެތާގައި ކޯސް ކުރިއާށް ގެންދިއުމަށް ނިންމާފައި ވެއެވެ.

އޭގެ އިތުރުން އެމްއެންޔޫ މެޑިސިން ސްކޫލްގެ ލެކްޗަރާއިން ކެބެންސާން ޔުނިވާސިޓީގެ ސިލަބަހައް ކިޔަވައިދޭން ފެށުމުން، ކިޔަވައިދޭ ގޮތް ބެލުމަށް ކޮންމެ އަހަރަކު އެ ޔުނިވާސިޓީގެ ތަޖުރިބާކާރުން ވަޑައިގެންނަވާނެކަމަށް ފަވާޒު ވިދާޅުވިއެވެ.

އެމްއެންޔޫ މެޑިސިން ސްކޫލަށް އެހީވުމާގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ އަހަރެއްހައި ދުވަސް ވެއްޖެކަމަށް މެލޭޝިޔާ ޔުނިވާސިޓީގެޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. މަރުޒުކީވަނީ ވިދާޅުވެފައެވެ. އަދި އެއްބަސްވުން ގާއިމްކުރެއްވުމުން އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކެބެންސާންޔުނިވާސިޓީއަކީދުނިޔޭގެރޭންކިންގައި 186 ވަނައިގައިހިމެނޭޔުނިވަސިޓީއެކެވެ.މީގެ 48 އަހަރުކުރިންއުފެއްދިމިޔުނިވަސިޓީގައި 28،000 ދަރިވަރުންކިޔަވަމުން ދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް