އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެމްބަރުން ހޮވަން ރައީސް ޔާމީން އެއްވެސް ޚަރަދެއް ނުކުރޭ- ސައުދުﷲ

މެމްބަރުން ހޮވަން ރައީސް ޔާމީން އެއްވެސް ޚަރަދެއް ނުކުރޭ- ސައުދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެމްބަރުންނަށް ގޮނޑިތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކޮށްދެއްވި ކަމަށް އެމނިކުފާނު ވިދާޅުވުމާއި ގުޅިގެން، އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މެމްބަރުންގެ ގޮނޑި ގެއްލުމާއި ގުޅޭގޮތުން ތިނަދޫގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކަމަށް ރައްދުދެއްވުމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ވަކިވި 12 މެމްބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ތިނަދޫ ދާއިރާގެ ދެ މެމްބަރުން މަޖިލީހަށް ހޮވުމަށް ކުރެއްވި ކެމްޕެއިނަށް މާބޮޑު ޚަރަދުތަކެއް ރައީސް ޔާމީނު ކޮށްފައި ނުވާ ކަމަށާއި ކެމްޕެއިން ދަތުރުގައި މިނިސްޓަރުން ބައިވެރިވެ ވަޑައިގެން ނަމަވެސް ރައީސް ޔާމީންގެ އިތުރުން ނައިބު ރައީސް ބައިވެރިވެ ވަޑައިގެންފައި ނުވާ ކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެމްބަރުންގެ ދޭރެރޭގައި ރައީސް ޔާމީން ތިނަދޫގައި ދެއްކެވި ވާހަކައިގެ ތެރޭގައި ވިދާޅުވި ތިމަން މަނިކުފާނު އެތައް ޚަރަދެއް ކުރީމޭ އެތައް ބަޔަކު ފޮނުވައިގެން ކެމްޕެއިންތައް ކުރީމޭ، ކަނޑައެޅިގެން އިތުރުފުޅެއް އެހެއްދެވީ. އެއީ އެބޭފުޅާ އަޅުގަނޑުމެންނަކަށް އެހާ ޙަރަދުތަކެއް ނުކުރައްވާ. ހަމަ ކެރިގެން އަޅުގަނޑަށް ދެންނެވިދާނެ އަޅުގަނޑުމެންނަކަށް ނުކުރައްވާ ޚަރަދުތަކެއް. ހަމައެއާއެކީގަ އެކެމްޕެއިނަށް ވަޑައިގެންނެވި އިސް ބޭފުޅުންނަކީ ވެސް މިނިސްޓަރިން ފެންވަރުގެ ބޭފުޅުން. ނައިބެއް ރައީސުލްޖުމްހޫރިއްޔާއެއް ވަޑައެއް ނުގަންނަވާ" ސައުދުﷲ ހިލްމީ ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ