އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

12 މެންބަރުންގެ ގޮނޑި ގެއްލުވާލިކަމަށް ރައީސް އިއުތިރާފްވި މައްސަލަ ކޯޓަށް ހުށަހަޅަނީ

12 މެންބަރުންގެ ގޮނޑި ގެއްލުވާލިކަމަށް ރައީސް އިއުތިރާފްވި މައްސަލަ ކޯޓަށް ހުށަހަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަަމަށް ނިންމާފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފްވެފައިވާތީ، އެއީ ޤާނޫނާ ޚިލާފުވެ ބައެއްގެ ޙައްޤަކަށް އަރައިގަތުން ކަަމށް ނިންމާ، އެމައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް، އެ 12 މެންބަރުން ވިދާޅުވެއްޖެއެވެ.

ގޮނޑިގެއްލިފައިވާ މެންބަރުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަތައް ބަލަނީ ކޯޓުތަކުން ކަމަށާއި ކޯޓުތަކުން ކުރިއަށް ގެންދާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވަމުން ނުގެންދަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރައީސް ޔާމީޏް މުއައްސަސާތަކަށް ނުފޫޒާއި ބާރު ހިންގަވާކަމަށް އެމަނިކުފާނުގެ އިއުތިރާފުން އެނގިގެން ގޮސްފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ޤާނޫނު އަސާސީން ބާރުތައް ވަކިކޮށްދީފައި އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމަށް ކަނޑައަޅާފައި ވަނިކޮށް، މިފަދަ އަމަލެއް ހިންގުމަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފު ކަމެއް ކަށާއި އެތައް ބައެއްގެ ޙައްޤަށް މިގޮތަށް އަރައިގަތުމަށްފަހު އަމިއްލަފުޅަށް އެކަމަށް އިއުތިރާފުވުމުން ކަމާބެހޭ ފަރާތްތަކުން އެމައްސަލަ ތަހުގީގު ނުކުރަންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވި މައްސަލަ ތަހުގީގު ކުރުމަށް ކޯޓަށް ހުށަހެޅުމަށްޓަކައި ޤާނޫނީ ޓީމާއި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް