އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބޫގެ މައްސަލައެއް ބަލަމުންދާތީ ޖަރުމަނު ސަފީރު ކަންބޮޑުވުން ފާޅު ކޮށްފި

އިބޫގެ މައްސަލައެއް ބަލަމުންދާތީ ޖަރުމަނު ސަފީރު ކަންބޮޑުވުން ފާޅު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އިދިކޮޅު ކެންޑިޑޭޓް އިބްރާހިން މުހައްމަދު ސޯލިހް (އިބޫ) ގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނެ ކަމަށް ބުނުމުން ރާއްޖެއަށް ކަނޑައެޅިފައިވާ ޖަރުމަނުގެ ސަފީރު ޖޯން ރޯޑް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޖޯން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިހަބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް އުންމީދު ކުރަށްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ކުއްލިއަކަށް އިދިކޮޅު ކެނޑިޑޭޓުގެ މައްސަލައެއް ކަމާ ބެހޭ ފަރާތް ތަކުން ތަހުގީގު ކުރަން ފެށުމުން ކަންބޮޑުވެވަޑައިގަންނަ ކަމަށް އެނާ އެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ޑިމޮކްރަސީއެއްގައި މިނިވަން އިންސާފުވެރި އިންތިހާބަކީ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތެއް ލިބިގެން ބާއްވާ އިންތިހާބެއްކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އޮތީ ސަރުކާރަށް ކަމަށް ވެސް ޖޯން ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ކުރަން ބުނެފައިވާ މައްސަލައަކީ ކަނޑުމަތީގައި ހާދިސާއެއް ދިމާވެ ހާޅުޖެހިފައިވާ ފަރާތްތަކަށް ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އޭގެ ފަހުން ގުޅައި ތާއީދު ކުރަނީ ކޮން ފަރާތަކަށްތޯ ސުވާލު ކުއި ކަމަށް އިބޫ ވިދާޅުވި މައްސަލައެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް