އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް ހެދުމަށް އިބޫ ވައުދުވެ ވަޑައިގެންފި

ކޮމަންޑޫ ކައިރީގައި އެއާޕޯޓެއް ހެދުމަށް އިބޫ ވައުދުވެ ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ށ. ކޮމަންޑޫ ހިމެނޭ ސަރަޙައްދުގައި އެއާޕޯޓެއް ހަދައިދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) ވައުދުވެ ވަޑައިގެންފިއެވެ.

ކޮމަންޑޫ އަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާއި ފެނާއި އަދި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ރައްޔިތުން އެދޭ ކަމަށާއި އަސާސީ ޚިދުމަތްތައް ފުރިހަމަ ނުވެ ހުރި ރަށްރަށުގައި އެ ޚިދުމަތްތައް އެއްވެސް ތަފާތު ކުރުމެއް ނެތި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

"ދަތުރުފަތުރުގެ ނިޒާމަކީ ފަސޭހައިން ކުރެވެންޖެހޭ ކަމެއް. އަދި ޚާއްސަކޮށް ހަލުވިކޮށް އަވަސްކޮށް އެދަތުރުތައް ކުރެވެން އެބަޖެހޭ. އެއް ރަށުން އަނެއް ރަސަށް ދިއުމާއި މާލެއާއި މިތަނާ ދޭތެރޭގައިވެސް ކުރެވޭ ދަތުރުތައް އަވަސް ކުރަން އެބަޖެހޭ. އޭގެ އެންމެ ފަސޭހަ ގޮތަކީ ވައިގެ މަގުން ދަތުރު ކުރެވޭ ގޮތް ހެދުން. މިރަށަކީ މިހިސާބަކީ މިހާރު އެޅިފައިހުރި އެއާޕޯޓުތަކާއި އެހާ ކައިރީގައި އޮތް ސަރަޙައްދެއް ނޫން. އަދި ހަމަ އެގޮތަށް ރ. އަތޮޅުން ވަކިވެފައި އެއޮތް އަލިފުއްޓަކީ ވެސް އެހެން އޮތް ރަށެއް. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމުގައި މިއޮތީ މިސަރަޙައްދުގައި އެއާޕޯޓެއް އެޅުން" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ