އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހެއްގެ ޙައްޤަކަށް އަރައިގަތްކަމަށް އިއުތުރާފްވީމާ އިތުރަށް ތަޙްޤީޤް ކުރާކަށް ނުޖެހޭނެ - އޮންނާނީ ފިޔަވަޅު އެޅުން: ޝައިޚް ޢަލީ ޒައިދު

މީހެއްގެ ޙައްޤަކަށް އަރައިގަތްކަމަށް އިއުތުރާފްވީމާ އިތުރަށް ތަޙްޤީޤް ކުރާކަށް ނުޖެހޭނެ - އޮންނާނީ ފިޔަވަޅު އެޅުން: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އެހެން މީހެއްގެ ހައްޤަކަށް އަރައިގަތްކަމަށް މީހަކު އަމިއްލައަށް (މިނިވަންކަމާއިއެކު) އިޢްތިރާފްވެއްޖެ ނަމަ، އެމީހަކަށް ދެން އެކަމުން ރުޖޫޢައެއް ނުވެވޭނެ ކަމަށް އައްޝައްޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިފަދަ ކަންކަމުގައި، އަމިއްލަ އިޢްތިރާފަކީ އިތުރަށް ތަޙްޤީޤްކުރަން ޖެހޭ ކަންކަމެއް ނޫން ކަމަށާއި އެފަދަ މީހުންނަށް (މީހެއްގެ ހައްޤަކަށް އަރައިގެންފައިވާނެކަމަށް އިޢްތިރާފްވި މީހާއަށް) އޮންނާނީ ފިޔަވަޅު އެޅުން ކަމަށެވެ.

ޝައިޚް އަލީ ޒައިދު މިފަދަ ޓްވީޓެއް ކުރައްވާފައިމިވަނީ ރައީސް ނަޝީދަށާއި ޤާސިމް އިބްރާހީމް އަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވެވޭނެ ގޮތް ހެއްދެވީ ތިމަން މަނިކުފާނު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމުގައިވެސް އެންމެ ކުރީގައި ހުންނެވީ އެމަނިކުފާނު ކަމަށް ރައީސް ޢަބްދުﷲ ޔާމީން އިޢްތިރާފްވެވަޑައިގެންފައިވާ ވަގުތެއްގައެވެ.

"އެހެން މީހެއްގެ ހައްޤަކަށް އަރައިގަތްކަމަށް މީހަކު އަމިއްލައަށް (މިނިވަންކަމާއިއެކު) އިޢްތިރާފްވެއްޖެ ނަމަ، އެމީހަކަށް ދެން އެކަމުން ރުޖޫޢައެއް ނުވެވޭނެ! މިފަދަ ކަންކަމުގައި، އަމިއްލަ އިޢްތިރާފަކީ އިތުރަށް ތަޙްޤީޤްކުރަން ޖެހޭ ކަންކަމެއް ނޫން. އެފަދަ މީހުންނަށް އޮންނާނީ ފިޔަވަޅު އެޅުން!"


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް