އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިދުމުގެކުރިން ކުރުސި ކިޔުމާމެދު އިބިލީސް ބުނި ބަހަކީ ތެދެއް ކަމުގެ ގަރަންޓީ ރަސޫލާ (صلى الله عليه وسلم) ދެއްވެވި: ޝައިޚް ޝަފީޢު

ނިދުމުގެކުރިން ކުރުސި ކިޔުމާމެދު އިބިލީސް ބުނި ބަހަކީ ތެދެއް ކަމުގެ ގަރަންޓީ ރަސޫލާ (صلى الله عليه وسلم) ދެއްވެވި: ޝައިޚް ޝަފީޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ނިދުމުގެކުރިން ކުރުސި ކިޔުމާމެދު އިބިލީސް ބުނި ބަހަކީ ތެދެއް ކަމުގެ ގަރަންޓީ ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ދެއްވެވި ކަމަށާއި ރޭގަނޑު ނިދުމުގެ ކުރިން ކުރުސި ކިޔުން ޝަރުޢުވީ އިބިލީސް ބުނި ބަހަށް ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ގަރަންޓީ ދެއްވެވުމުން ކަމަށް އައްޝައިޚު ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"އިބިލީސް ބުނުމުން ކުރުސި ކިޔުމަށް ދަލީލެއްކޮށް ނުދޭ. އިބިލީސް އެހެންބުނުމުން އެއީ ތެދެއް ކަމުގެ ގަރަންޓީ މާތް ނަބިއްޔާ (صلى الله عليه وسلم) ދެއްވެވުމުން ރޭގަނޑު ނިދުމުގެ ކުރިން ކުރުސި ކިޔުން ޝަރުޢުވީ. އެހެންނޫންނަމަ އެ ޤަބޫލެއް ނުކުރެވޭނެ."

ޝައިޚު ޝަފީޢުގެ މި ބަސްފުޅުންވެސް އެނގިގެންދަނީ ޝައިޚް އިލްޔާސް އިއްޔެ ވިދާޅުވި ފަދައިން އިބިލީސް ބުނުމުން ވެސް ތެދު ތެދަށްވާނެ ކަމެވެ. އެހެންކަމުން ޖަލުގައި އޮންނެވި އަދީބު ވިދާޅުވީތީ ކަންކަން ދޮގުކުރުމެއް ނެތް ކަމާއި ނަމަވެސް ޝައިޚް އިލްޔާސް ވިދާޅުވިފަދައިން ރައްޔިތުންނަށް ހެކި ލިބިފައިވާ ކަންކަމުގައި އެކަމެއް އިތުރަށް ބަލައި ތަޙްޤީޤްކޮށް އެވާހަކައެއްގެ ޞައްޙަކަން ބަލަން ޖެހޭނެ ކަމެވެ.

މިކަމާއި ގުޅިގެން ޝައިޚް ޝަފީޢުވެސް ވިދާޅުވީ ޖަލުގައި މީހަކު އޮވެގެން ނަމަވެސް ތުހުމަތު ތަކެއް ކުރާނަމަ އެކަމެއް ބަލަން ޖެހޭނެ ކަމަށެވެ. އެކަމަކީ ތަޙްޤީޤީ އިދާރާތަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މީހަކު ދައްކާ ހުރިހާ ވާހަކަތަކެއް ޤަބޫލުކުރުމެއްވެސް ނެތްކަމަށެވެ. ނަމަވެސް ވާހަކައެއް ދައްކައިފިނަމަ އެކަމުގެ ދޮގު ތެދު ބަލަން ޖެހޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް